ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުއިރުމަތީގެ ހާލަތަށް ރިއާޔަތްކޮށް ޕީޖީ އޮފީހުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައިފި

ޕީޖީ އައްބާސް ޝަރީފް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކާއި، އޭގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުގެ ހަރަދުތައް ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

ޕީޖީ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާދަމާއިން ފެށިގެން އަންނަ މަހުގެ ނިޔަލަށް އަމަލުކުރަން ނިންމާފައިވާ މި އައު އުސޫލުތަކުގެ ދަށުން، ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހަކީ އެ އޮފީހުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ (ވޯކް ފްރޮމް ހޯމް) ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ޕީޖީ އޮފީހުން ގެންނަން ނިންމާފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ކޮންމެ އަންގާރަ ދުވަހަކު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމާއި، ރަސްމީ ބައްދަލުވުންތައް ވީހާވެސް ބޮޑަކަށް އޮންލައިންކޮށް ކުރިއަށް ގެންދިއުން ހިމެނެއެވެ. މީގެ އިތުރުން، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކޮށް، ކަރަންޓު ބޭނުންކުރާ މިންވަރު ދަށްކުރުމާއި، ކަރުދާސް ބޭނުންކުރުން ވީހާވެސް މަދުކުރުމުގެ އިތުރުން އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ޕީޖީ އޮފީހުން ބުނީ އަންގާރަ ދުވަހު ގޭގައި ތިބެގެން މަސައްކަތް ކުރި ނަމަވެސް، އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް ކުރުމަށް މުވައްޒަފުން ހާޒިރުވާނެ ކަމަށެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިރުވަމުން ގެންދާނެ ކަމަށާއި، އޮންލައިންކޮށް ބޭއްވުމުން ނަތީޖާއަށް އުނިކަން އަތުވެދާނެ ފަދަ މުހިންމު ބައްދަލުވުންތައް ކުރިއެކޭވެސް އެއްގޮތަށް ބާއްވާނީ ބައްދަލުވުމަށް ހާޒިރުވެގެން ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.

ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި، މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ވަނީ ބާރުއަޅާފައެވެ. އަދި އޮފީސް ބަންދުކުރާ ގަޑި އިރުއޮއްސި 18:00 އަށް އަވަސްކުރުމަށްވެސް ވަނީ ނިންމާފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ގެންގުޅުއްވާ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް، ކަރުދާސް ބޭނުންކުރުން ހުއްޓާލުމުގެ ސިޔާސަތުގެ ދަށުން، މި މުއްދަތުގައި ކަރުދާސް ބޭނުންކުރުން މަދުކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ. މި ފިޔަވަޅުތަކަކީ ދުނިޔޭގެ އިގްތިސާދީ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އެޅި މުހިންމު ފިޔަވަޅުތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: