ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭމަންޑޫގައި ބިންހިއްކުމުގެ މަސައްކަތް ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތ. ވޭމަންޑޫގެ ބޯހިޔާވަހިކަމާއި އިގުތިސާދީ ތަރައްގީއަށް ބޭނުންވާ ބިން އިތުރުކުރުމަށް މި ސަރުކާރުން ފެށި މަޝްރޫއު ނިންމާލައިފިއެވެ.

ވޭމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އެ ރަށަށް 25 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

އެ ވައުދުފުޅާ އެއްގޮތަށް ތ. ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މި ކުންފުނިން ފެށީ 12 މާރިޗު 2026 ގައެވެ. މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވަނީ 4 އޭޕްރިލް 2026 ގައެވެ.

ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުއަށް މި ކުންފުނިން ބޭނުންކުރީ ”ފިލީޕޯ ބްރޫނެލޭޝީ“ އެވެ. މިއީ އެއްފަހަރާ 11,300 ކިއުބިކް މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިފައިވާ ޑްރެޖަރެކެވެ.

24 ސެޕްޓެމްބަރު 2025ގައި ރައީސް ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ވޭމަންޑޫގެ ކައުންސިލާއި ބައްދަލުކުރައްވާފައެވެ. މި ގޮތުން ކައުންސިލުން ވަނީ ރަށުގައި ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި، މިހާރު ރަށުގައި ހިނގަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ގޮތުން ކައުންސިލުން ވަނީ ރަށުގައި ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި، މިހާރު ރަށުގައި ހިނގަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: