ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއަށް އަހުލުވެރިވުމަށްޓަކައި ކުރިއަށްގެންދާ ”ސްކިލްއަޕް ޔޫތު“ ވޯކްޝޮޕް މިމަހު 11ގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ޒުވާނުންނަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ޔޫތްމިނިސްޓްރީން  އިންތިޒާމްކުރާ ”ސްކިލްއަޕް ޔޫތު“ ވޯކްޝޮޕް މި މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މިއީ ކުރިން ”ތައްޔާރުވަމާ“ ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ އައު ބުރެކެވެ.

މި ވޯކްޝޮޕަކީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވަރަށް މުހިންމު ހަރަކާތެކެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 08:30 އިން ހަވީރު 17:30 އަށެވެ. ޒުވާނުންނަށް ފަސޭހަވާނެހެން މި ވޯކްޝޮޕް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައި ހުންނަ ޔޫތު ހަބުގައެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ ބާޒާރަށް ނުކުންނަ ޒުވާނުންނަކީ ކަންކަމަށް ހޭލުންތެރި، ގާބިލު ބަޔަކަށް ހެދުމެވެ.

މި ޕްރޮގްރާމަކީ ހާއްސަކޮށް 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ސްކޫލް ނިންމާލުމަށްފަހު ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރާ ކުދިންނަށާއި، އަދި ވަޒީފާގެ މާހައުލުގައި މިހާރު އުޅެމުންދާ ނަމަވެސް އިތުރު ހުނަރުތައް ދަސްކުރަން ބޭނުންވާ ޒުވާނުންނަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މި ވޯކްޝޮޕްގެ ތެރެއިން ވަޒީފާގެ މާހައުލުގައި ސަމާލުކަންދޭންޖެހޭ އަދަބުތަކާއި، މުާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދެވޭނެއެވެ.

”ސްކިލްއަޕް ޔޫތު“ ވޯކްޝޮޕްގައި ބައިވެރިންނަށް ވަޒީފާއަށް ކުރިމަތިލާއިރު ސީވީ ތައްޔާރުކުރާނެ ގޮތާއި، އިންޓަވިއުތަކަށް ތައްޔާރުވާނެ ގޮތުގެ ފަންނީ އިރުޝާދު ދެވޭނެއެވެ. މީގެ އިތުރުން، ވަޒީފާގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިކަމާއެކު ކުރިމަތިލާނެ ގޮތާއި، ވަގުތު މެނޭޖުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. މިއީ ޒުވާނުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ، ކާމިޔާބު ކެރިއަރެއް ބިނާކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދުގެ މެންދުރުފަހު 14:00 ގެ ކުރިން ކިޔު.އާރު. ކޯޑު (QR Code) މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. ޖާގަ ހަމަވަމުންދާ ވަރަކަށް ފުރުސަތުތައް މަދުވަމުންދާނެތީ، ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަކީ މުހިންމު ކަމެކެވެ.

ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލަށްވާއިރު، އެކުދިންނަކީ ވަޒީފާގެ މާހައުލަށް އަހުލުވެރި ބަޔަކަށް ހެދުމަކީ ގައުމީ ތަރައްގީއަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ. ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ މިފަދަ ވޯކްޝޮޕްތަކުގެ ސަބަބުން ޒުވާނުންނަށް އައު އުންމީދުތަކެއް ލިބި، ވަޒީފާގެ މައިދާނުގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: