ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިމެންތި ރާއްޖެއިން ހުހެއް ނުވާނެ،: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ސިމެންތި ހުސްވާ ހާލަތެއް މެދުވެރިވި ނަމަވެސް، ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ބާޒާރުގައި 50 ކިލޯގެ ސިމެންތި ބަސްތާއެއް 100 ރުފިޔާއަށްވުރެ ހެޔޮ އަގުގައި ލިބެން ހުރި ނަމަވެސް، މިހާރު ވަނީ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މުދާ އުފުލުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، ބައެއް އަމިއްލަ ކުންފުނިތަކުން ސިމެންތި ބަސްތާއެއްގެ އަގު 300 ރުފިޔާއަށްވުރެ މައްޗަށް ވަނީ އުފުލާފައެވެ. މީގެ އިތުރުން، ބައެއް ބޮޑެތި ސަޕްލަޔަރުންގެ އަތުން ސިމެންތި ހުސްވެ، އަލުން ލިބޭނެ ދުވަހެއް ނޭނގޭ މިންވަރަށް ދަތިތައް ވަނީ ކުރިމަތިވެފައެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، އެސްޓީއޯއަށް މިހާރު ސިމެންތި ފޯރުކޮށްދޭ މާކެޓުތަކުން ދަތިތަކެއް ކުރިމަތިވެއްޖެ ނަމަ، އެ މުދާ އެތެރެކޮށްދޭނެ އިތުރު ހަތަރު ފަރާތެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އެކުވެރި ގައުމުތަކާ އެކު ކުރެވުނު މަސައްކަތުގެ ނަތީޖާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އިންތިޒާމުގެ ސަބަބުން، އެއް މަގަކުން މުދާ ގެނައުމަށް ހުރަސް އެޅުނަސް، އެހެން މަގުތަކުން ސިމެންތި ލިބޭނެކަމުގެ ޔަގީންކަން މިހާރު ވަނީ ލިބިފައެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ އެކުވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ބާޒާރުން ހުސްވިޔަނުދީ ހިފެހެއްޓުމެވެ. މިކަމަށްޓަކައި އެސްޓީއޯގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންނާ ގުޅިގެން ގިނަ މާކެޓުތަކަކުން މުދާ ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އަސާސީ މުދާ ހުސްވެދާނެ އެއްވެސް ހާލަތެއް އައަނުދިނުމަށް ސަރުކާރުން ރެއާއި ދުވާލު ދަނީ މަސައްކަތް ކުރަމުންނެވެ.

ސިމެންތީގެ ބާޒާރަށް ދިމާވެފައިވާ ދަތިތަކަކީ ބައިނަލްއަގުވާމީ ހާލަތާ ގުޅިފައިވާ ކަމެއް ނަމަވެސް، ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މި މުދާ މުޅިން ހުސްވެގެން ދިއުމުގެ ބިރު މިހާރު ވަނީ ކުޑަވެފައެވެ. އިތުރު ސަޕްލަޔަރުން ހޯދުމާއި، އެކުވެރި ގައުމުތަކުގެ އެހީތެރިކަން ހޯދުމަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ތަސައްލީއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: