ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރަކަށް ތިން ދާއިރާއެއް ދިއުން އެކަށީގެންވޭ: އީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ތެރެއިން ތިން ދާއިރާއެއްގެ ނަތީޖާ އެއްވަރުވެ، ދެވަނަ ބުރަކަށް ދިއުން އެކަށީގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އަބްދުއްﷲ އުނައިސްއެވެ.

ސަންގު ޓީވީއަށް މައުލޫމާތު ދެއްވަމުން އުނައިސް ވިދާޅުވީ، ދެވަނަ ބުރަކަށް ތިން ދާއިރާއެއް ދިއުން އެކަށީގެންވާ ކަމަށް ބެލެވުނު ނަމަވެސް، އެ އަދަދު ކަށަވަރު ކުރެވޭނީ އިންތިޚާބުގެ ފައިނަލް ނަތީޖާ އިއުލާނު ކުރުމަށްފަހުގައެވެ. އަދި އިންތިޚާބާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ބަލައި ނިމުމުން ނޫނީ ވަކި ގޮތެއް ނުނިންމޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމުގެ ތައްޔާރީތަކާ ގުޅޭގޮތުން އުނައިސް ވިދާޅުވީ، އަތޮޅުތަކުން ސެކިއުރިޓީ ފޮށިތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަމާޒަކީ މިމަހުގެ 11 ވަނަ ދުވަހު އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވޯޓާ ގުޅިގެން ލިބިފައިވާ ޝަކުވާތައް ބެލުމުގެ މަސައްކަތްވެސް ކޮމިޝަނުން ދަނީ ކުރަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު، ޖުމްލަ ގޮތެއްގައި ބޮޑު މެޖޯރިޓީއެއް ހޯދާފައިވަނީ ވެރިކަންކުރާ ޕީއެންސީންނެވެ. ނަމަވެސް، ސިޓީ ކައުންސިލްތަކުގެ ނަތީޖާއަށް ބަލާއިރު ޕީއެންސީއަށް ލިބުނު ނަތީޖާ ނިސްބަތުން ދަށެވެ. ފަސް ސިޓީއެއްގެ މޭޔަރުން ހިމެނޭހެން، ސިޓީ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

އިދިކޮޅު އެމްޑީޕީން ވަނީ މި އިންތިޚާބުގައި ރަށު ކައުންސިލްތަކުގެ 238 ގޮނޑި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 177 ގޮނޑި ކާމިޔާބުކޮށްފައެވެ. އެއާއެކު އެ ޕާޓީން ވަނީ މިހާތަނަށް ޖުމްލަ 400 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. އިންތިޚާބުގެ ފައިނަލް ނަތީޖާ އިއުލާނު ކުރުމާއެކު، ދެވަނަ ބުރަކަށް ދާންޖެހޭ ދާއިރާތަކާއި ވޯޓުލުން ބާއްވާނެ ތާރީޚެއް އީސީން އިއުލާނު ކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: