ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލުބުނާންއަށް އިސްރާއީލްއިން ދިން ހަމަލާތަކުގައި 254 މަރުވެއްޖެ

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ލުބުނާނުގެ ބައިރޫތާއި، އެ ސިޓީގެ ވަށައިގެންވާ ސަރަޙައްދުތަކުގެ އިތުރުން ދެކުނުގެ ސަރަޙައްދުތަކާއި އިރުމަތީ ބިގާ ވާދީއަށް އިސްރާއީލުން ދިން ވަރުގަދަ ޙަމަލާތަކުގައި މަދުވެގެން 254 މީހުން މަރުވެ، 1,160 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

އިމާރާތްތަކުގެ ކުނިތަކުގެ ދަށުން އިތުރު މީހުން ފެންނަމުންދާތީ، މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މި ޙަމަލާތައް ދީފައިވަނީ ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. ދެ ހަފުތާގެ މުއްދަތަށް އިއުލާނުކުރި މި އެއްބަސްވުމުގައި ލުބުނާނު ހިމެނޭތޯ ކުރެވުނު ސުވާލުތަކާ ގުޅިގެން ފުރަތަމަ އޮޅުންބޮޅުންތަކެއް އުފެދުނު ނަމަވެސް، ޕާކިސްތާނާއި އީރާނުން ބުނަމުންދަނީ ލުބުނާނަކީވެސް އެ އެއްބަސްވުމުގެ ބައެއް ކަމަށެވެ.

ނަމަވެސް، އިސްރާއީލާއި އެމެރިކާގެ ވިސްނުން ހުރީ މިއާ ޚިލާފަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލުބުނާނުގެ މައްސަލައަކީ ”ވަކި ކުރިމަތިލުމެއް“ ކަމަށެވެ. ހަމައެފަދައިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާނު ނުހިމެނޭ ކަމަށް ބުނެފައެވެ.

ނިއު ލައިންސް އިންސްޓިޓިއުޓް ފޯ ސްޓްރެޓެޖީ އެންޑް ޕޮލިސީގެ ސީނިއާ އެނަލިސްޓް ދާނިއާ އަރައިސީ ވިދާޅުވި ގޮތުގައި، ނަތަންޔާހޫ ބޭނުންވަނީ މި ނުތަނަވަސް ހާލަތުގެ ބޭނުން ހިފައިގެން ލުބުނާނުގައި އިސްރާއީލުން ހާސިލުކުރަން ބޭނުންވާ އަސްކަރީ ލަނދުދަނޑިތައް އެންމެ ފުރިހަމައަށް ހާސިލުކުރުމަށެވެ. އަދި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލަން ޖެހިއްޖެނަމަ، އެއީ ހިޒްބުاللهއާ ދެކޮޅަށް އިސްރާއީލުން ކުރާ ހަނގުރާމައަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިޒްބުاللهއިން ބުނާގޮތުގައި މާރިޗު 2 ގައި އެ ޖަމާއަތުން ދިން ހަމަލާއަކީ، އިސްރާއީލުން އެއްބަސްވުމާ ޚިލާފުވަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުން ދިން ފުރަތަމަ ރައްދު ހަމަލާއެވެ. އެއީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ދިން ބަދަލު ހިފުމުގެ ހަމަލާއެއް ކަމަށްވެސް އެ ޖަމާއަތުން ބުނެއެވެ.

އިސްރާއީލުން މެދުނުކެނޑި ދެމުންދާ ބޮން އެޅުމުގެ ހަމަލާތަކާއި އެއްގަމު މަގުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ލުބުނާނުން 1,700 އެއްހާ މީހުން ޝަހީދުވެ، 1.2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: