ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން އެމްޕީއެލްއިން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގައި ހިނަގަމުންދާ ހަނގުރާމައާއި ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް މޯލްޑިވްސް ޕޯސްޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފިއެވެ.

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެމްޕީއެލްއުން ނިންމާފައިވާއިރު، 6 ކަމެއް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން:

  • އެމްޕީއެލުން ގެނެއި ބަދަލުތަކުގެތެރޭގައި ޝިޕްޓް އުސޫލުން މަސައްކަތްނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ކުރުކުރުން:

ޝިފްޓް އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30އިން މެދުރުފަހު 14:00އަށް ވަނީ ކަނޑައަޅާފައެވެ. ކުރިން މި މުވައްޒަފުންގެ ރަސްމީ ގަޑިއަކީ ހެނދުނު 7:30 އިން 15:30 އަށެވެ.

  • އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ސުވާލަކު 8 ގަޑިއިރަށްވުރެ އިތުރުނުކުރުން
  • ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ހުއްޓާލުން:

ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެންހުރިހާ ދަތުރެއް ހުއްޓާމުގެ އިތުރުން ބޭރުގެ  ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ހަމަޖައްސައި ދަތުރުތަކުގައިވެސް، ކުންފުނިން ކުރާ ހަރަދުތައް ވީހާވެސް ކުޑަކުރުން ހިމެނެއެވެ. އަދި ރާއްޖޭން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސަޕްލަޔަރަކުންނާއި އޮންލައިންކޮށް ބައްދަލުވުންތައް ބޭވުންވެސް ހިމެނެއެވެ.

  • ރާއްޖޭން ބޭތަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ޓްރެއިނިންތައް މި ވަގުތަށް ހުއްޓާލައި، މިފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން. 
  • މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން 

މިމަހުގެ 15ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރެވިފައިވާ ”މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026“ ފަސްކުރުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ. އެ ކޮންފަރެންސް މިހާރު ތާވަލުކޮށްފައިވަނީމިއަހަރުގެ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށެވެ.

  • ކަރަންޓު ހަރަދު ކުޑަކުރުން

ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި، ކަރަންޓު އިސްރާފު ކުޑަކުރެވޭނެ އާދަތަކަށް މުވައްޒަފުންގެ އަހުލުވެރިކުރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ހިމެނެއެވެ.

އެމްޕީއެލްއިން ބުނެފައިވަނީ ހަރަދުކުޑަ ކުރުމަށް އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވަައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ނިންމި ނަމަވެސް، މާލެ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއަރ ކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި މި ބަދަލާއިއެކުވެސް މުދާ ބޭލުމާއި ކްލިއަރ ކުރުމުގެ ހިދުމަރްރައް މިހާރެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: