ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީއަލީ ބަނދަރުގައި އޮތް ބޯޓެއްގައި ރޯވެ، ބިދޭސީއަކު ވަރަށް ބޮޑަށް ފިހިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި އަލިފާނުގެ ހާދިސާއެއްގައި، އެ ބޯޓުގައި ހުރި ބިދޭސީއަކު ވަރަށް ބޮޑަށް ފިހި އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހައިކަންހާއިރުއެވެ.

މި ހާދިސާ ހިނގި ވަގުތު އެ ބޯޓުގައި ދެ މީހުން ތިއްބެވެ. ބޯޓުގައި އަލިފާން ރޯވުމާއެކު އެ ދެ މީހުންވެސް ވަނީ ސަލާމަތްވުމަށްޓަކައި މޫދަށް ފުންމާލާފައެވެ. ނަމަވެސް، މި ހާދިސާގައި ބޯޓުގައި ހުރި ބިދޭސީއަކު ފިހިގެން އަނިޔާވެފައިވާތީ، އޭނާއަށް މިހާރު ފީއަލީ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ.

މަންޒަރު ދުށް މީހުން މައުލޫމާތު ދޭ ގޮތުގައި، ބޯޓުގައި އަލިފާން ރޯވުމުގެ ކުރިން ވަރަށް ބާރުގަދަ އަޑެއް އިވިފައިވެއެވެ. އެއާއެކު ބޯޓުގައި އަލިފާން ރޯވެ، ބޯޓާ ޖެހިގެން އޮތް ތިން ދޯންޏެއްގައިވެސް އަލިފާން ހިފާފައިވާ ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

މި އަލިފާނުގެ ހާދިސާގައި ބަނދަރު ސަރަހައްދުގައި ހުރި އައިސްޕްލާންޓުގައިވެސް ވަރަށް ބޮޑަށް ރޯވެފައިވާއިރު، އަލިފާންގަނޑު ވަނީ އެ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑާ ހަމައަށްވެސް ފެތުރިފައެވެ. މިއީ ވަރަށް ނުރައްކާތެރި ހާދިސާއެއްގެ ގޮތުގައި އެ ރަށުން ވާހަކަ ދެއްކި މީހުން ފާހަގަކުރެއެވެ.

އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިންގެ އިތުރުން ކަމާގުޅުން ހުރި އިދާރާތަކުން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: