ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވި މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފިއެވެ. ފުލުހުން މިގޮތަށް ނިންމާފައިވަނީ އޭނާ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި، ބަންދުގައި ހުއްޓާ ނިޔާވެފައިވަނީ މާލޭ، މ. ރޭއަލިވާގެ، އަޙްމަދު ނަވްޝާދު (41އ) އެވެ. އޭނާ ނިޔާވީ މާލެ ކަސްޓޯޑިއަލްގެ ގޮޅިއެއްގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން، 15 އޭޕްރީލް 2026 ވީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ އެތަނަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައެވެ.

ފުލުހުން ވިދާޅުވީ، ނަވްޝާދު ނިޔާވީ ފުލުހުންގެ ބަންދުގައި ހުއްޓާ ކަމަށްވާތީ، އޭނާ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް މިހާރު ވަނީ ނިންމާފައެވެ. މިއީ މިފަދަ ހާދިސާތަކުގައި ކަން ހިނގާފައިވާ ގޮތް ސާފުކުރުމަށްޓަކައި އަޅާ އިޖުރާއީ ފިޔަވަޅެކެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. މި ދެ މުއައްސަސާއިންވެސް މި މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރަންޖެހޭ ތަހުގީގުތައް މިހާރު ދަނީ ކުރިއަށް ކަމަށްވެސް އެ މުއައްސަސާއިން މައުލޫމާތު ދީފައިވެއެވެ. ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބުމުން މައްސަލައިގެ ތަހުގީގަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: