ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ކުޑަ ކާމިޔާބީއެއް ލިބޭ ކޮންމެ ފަހަރަކު މުޅި ގައުމުގެ ދުވަސް ދުއްވާލާ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ކުޑަ ކާމިޔާބީއެއް ލިބޭ ކޮންމެ ފަހަރަކު މުޅި ގައުމުގެ މަސްލަހަތު ނަގާލުމަށް މަސައްކަތްކުރާކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ހއ. މުރައިދޫ ކައުންސިލްގެ ބައި- އިލެކްޝަނުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ، މުރައިދޫއަކީ މީގެ ކުރިން އަބަދުވެސް އެމްޑީޕީން ބޮޑު އަޣުލަބިއްޔަތެއް ހޯދަމުން އައި ރަށެއް ކަމަށާއި، ނަމަވެސް މިފަހަރު އެ ރަށުގެ ފުރިހަމަ އަޣުލަބިއްޔަތު ޕީއެންސީން ހޯދާފައިވާ ކަމަށެވެ.

ފަލާހު ވިދާޅުވި ގޮތުގައި، އިންތިޚާބެއް ކާމިޔާބުވުމަކީ މަގުމައްޗަށް ނުކުމެ ރައްޔިތުންނަށް އުނދަގޫކޮށް ގައުމަށް ގެއްލުންދީ، އަދި އޭރަކު އޮންނަ ގާނޫނީ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރަންޖެހޭ ސަބަބެއް ނޫނެވެ.

ފަލާހު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީއަށް ކުޑަ މޮޅެއް ލިބޭއިރަށް ފެންނަނީ މުޒާހަރާކޮށް، ގައުމުގެ އިގްތިސާދަށާއި އަޚްލާގީ މިންގަނޑުތަކަށް ގެއްލުންދީ، ރައްޔިތުންނަށް ދަތިކުރާ މަންޒަރެވެ. މިއީ ހިތާމަހުރި ކަމެއްގެ ގޮތުގައި ފަލާހު ވިދާޅުވި އެވެ.

މިއީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ނެގި ވޯޓެއްކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، ވޯޓު ކަރުދާހުގައި އޮތީ ރައްޔިތުން ސަރުކާރަށް ތާއީދު ކުރަންތޯ ނުވަތަ ނޫންތޯ އަހާފައިވާ ސުވާލެއް ނޫންކަމަށެވެ. އެހެންކަމުން އެ ނަތީޖާގެ މައްޗަށް ބިނާކޮށް، ސަރުކާރަށް ތާއީދެއް ނެތްކަމަށް ނުބުނެވޭނެކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ފެންނަ ނުފެންނަ ވޯޓުތައް ނަގާފައިވާނެ. މިފަހަރު ނެގި ވޯޓަކީ ދެ އިންތިޚާބެއް އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހުރި ގޮތް ބެލުމަށް ނެގުނު ވޯޓެއް. މިއީ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ޕީއެންސީއަށް އޮތް ތާއީދު ވަޒަންކުރަން ނެގި ވޯޓެއް ނޫން

ފަލާހު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު އަބަދުވެސް އިސްކަންދެއްވަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށާއި، ރައްޔިތުން ބޭނުންނުވާ ގޮތަކަށް އެއްވެސް ގާނޫނެއް ނުހެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: