ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއޯސީ ކުރިމަތިން ބަނދަރުން ބައެއް ހިއްކައިގެން ޕާކިން ޒޯނެއް ހަދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން އޮންނަ ބަނދަރުން ބައެއް ހިއްކައިގެން ބޮޑު ޕާކިން ޒޯނެއް ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފޭސް އެކަކާ ގުޅޭގޮތުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އާންމުކޮށްފައިވާ އީއައިއޭ ރިޕޯޓުގެ ދެވަނަ އެޑެންޑަމްގައެވެ.

މި އިޞްލާޙުގެ ބޭނުމަކީ މިހާރު ތާރު އަޅަމުންދާ ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް ތިނެއްގެ ޑިޒައިނަށް ބަދަލު ގެނައުމެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ބީއޯސީ ކުރިމަތިން ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 97.574 މީޓަރުގެ ދިގު އަދި 27.693 މީޓަރުގެ ފުޅާ ސަރަހައްދެއް އިތުރަށް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަހައްދަކީ މިހާރުވެސް ލޯންޗް ފެރީތަކަށް މީހުން އަރާ ފޭބުމަށާއި ޕާކުކުރުމަށް ގިނަ ބަޔަކު ބޭނުންކުރާ، ބާރުބޮޑު ސަރަހައްދެކެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމެވެ. އެގޮތުން އުޅަނދުތައް ޕާކުކުރުމަށް އިތުރު ޖާގަ ހޯދައިދިނުމާއި، ލޯންޗް ފެރީ ބޭނުންކުރާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ ހާއްސަ އިންތިޒާމެއް ހަމަޖެއްސުން ހިމެނެއެވެ.

ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ 14,465 ކޮޑިމީޓަރުގެ ވެލި ނެގުމަށް ހަމަޖެހިފައިވަނީ މި މަޝްރޫއަށް މިހާރުވެސް ސްޓޮކްޕައިލް ކުރެވިފައި ހުރި ވެލީގެ ތެރެއިންނެވެ. އަދި މަސައްކަތް ކުރިއަށްދާނީ ކުރިންވެސް ބޭނުންކުރި ކޮންސްޓްރަކްޝަން މެތޮޑޮލޮޖީއާ އެއްގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން އެ ސަރަހައްދުގައި ޝީޓް ޕައިލްކޮށް، ބަނދަރުގެ ކީވޯލް ޖެހުމުގެ އިތުރުން، މަގުގެ ބައިގައި ތާރުއަޅައި އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެއެވެ. މިއީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: