ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

8 އަހަރުގެ ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި

އަށް އަހަރުގެ ކުއްޖެއް ބަނދެ، ގަހެއްގައި އައްސާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ކުއްޖާއަށް ލިބެމުންދިޔަ އަނިޔާތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ކުއްޖާގެ ދެ އަތް ބަނދެ ގަހެއްގައި ވަނީ އައްސާފައެވެ. މި އަމަލަކީ ކުޑަކުއްޖަކަށް ދެވޭ ވަރަށް އިހާނެތި އަދި ބޮޑު އަނިޔާއެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.

ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކަކީ ދިވެހި މުޖުތަމައު ބަލައިގަންނަ ކަންކަމެއް ނޫނެވެ. އަދި މިފަދަ މައްސަލަތަކުގައި ކަމާބެހޭ ފަރާތްތަކުން ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

މިފަދަ ހިތްދަތި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުވުމަކީ މުހިންމު ކަމެކެވެ. މީގެ ކުރިންވެސް މިފަދަ އެތައް ހާދިސާއެއް މީސްމީޑިއާގައި އާންމުވެފައިވާއިރު، އެ މައްސަލަތަކުގައިވެސް ކަމާބެހޭ އިދާރާތަކުން ވަނީ ތަހުގީގުތައް ހިންގައި ގާނޫނީ ފިޔަވަޅުތައް އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: