ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 6 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފި

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، 6 ރަށެއްގައި ފިއުލް ސްޓޭޝަންތައް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިފި އެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައި އޮތީ، އަތޮޅުތަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެ ފަސޭހަ އިންތިޒާމެއް ނެތުމެވެ.

މި މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެފްއެސްއެމްގެ ފުރަތަމަ ފިއުލް ސްޓޯރޭޖް 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ރ. ދުވާފަރުގައި ވަނީ ހުޅުވާފައެވެ. ދުވާފަރުގެ އިތުރުން މިހާރު ޚިދުމަތް ދޭން ފަށާފައިވާ ރަށްތަކަކީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ބ. އޭދަފުށި، އަދި ފ. ނިލަންދޫއެވެ.

މީގެ އިތުރުން އެފްއެސްއެމްއިން ވަނީ ދ. ކުޑަހުވަދޫގައިވެސް ފިއުލް ސްޓޭޝަނެއް ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސްޓޭޝަންތައް ޤާއިމުކުރުމެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޏ. ފުުވައްމުލަކުގައި ތެޔޮ އެޅުމުގެ އިންތިޒާމު ހަރުދަނާކުރުމަށް އިތުރު ބައުޒަރެއް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

މިހާރުވެސް މާލޭގެ އިތުރުން އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލައް، ކޫއްޑޫ، ތިނަދޫ އަދި ފެލިވަރުގައި އެފްއެސްއެމްގެ ޚިދުމަތް ދަނީ ދެމުންނެވެ.

މި މަޝްރޫޢުގެ ސަބަބުން މަސްވެރިން ތެޔޮ ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ހެޔޮ އަގުގައި ތެޔޮ ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: