ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަކީ އެހާ ބޮޑު ޝަހުސިއްޔަތެއް ނޫން، ނިޒާމަށް ބޮޑު ބަދަލެއް ބޭނުންވޭ: ފައްޔާޒް

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާއަކީ އެހާ ބޮޑު ޝަހުސިއްޔަތެއް ނޫން، ކަމަށާއި، ނިޒާމަށް ބޮޑު ބަދަލެއް ބޭނުންވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން: ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދާއި، ފައްޔާޒް ކުރިއަށްގެންދާ ”ބޮޑު ބަދަލު“ ކެމްޕޭންގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ފައްޔާޒް އިސްމާޢީލް ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ނިޒާމަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ އެއީ އެހާ ބޮޑު ޝަހުސިއްޔަތެއް ނޫން ކަމަށާއި، މުހިންމީ ނިޒާމު ހަރުދަނާވުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ޤާނޫނުއަސާސީގެ އޮނިގަނޑަކީ އެތައް އަހަރެއްގެ ބުރަ މަސައްކަތުން ބިނާކޮށްފައިވާ އެއްޗެއް ކަމަށެވެ. ޚާއްޞަކޮށް 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީއަކީ އެމްޑީޕީއާއި އެ ޕާޓީގެ ސަޕޯޓަރުން ވީ ބޮޑެތި ގުރުބާނީތަކެއްގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ހަމައެކަނި ޤާނޫނުއަސާސީއެއް އޮތުމަކުން ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ޤާނޫނުއަސާސީގެ ފައިދާ ރައްޔިތުންނަށް ކުރާނީ ވެރިކަމުގައި ހުންނަވާ ބޭފުޅަކީ ރައްޔިތުންނަށް ޖަވާބުދާރީވާ، އިޚްލާޞްތެރިކަމާއެކު ޤާނޫނު ތަންފީޛުކުރާ ބޭފުޅަކަށް ވެގެން ކަމަށެވެ. އަދި ޤާނޫނުއަސާސީގައި ހުރި ހުސްތަންތަން ނުވަތަ ”ލޫޕްހޯލްސް“ ތައް ނައްތާލައި، މިހާރަށްވުރެ ހަރުދަނާކަމާއެކު ޖަވާބުދާރީކުރެވޭނެ ނިޒާމެއް ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ މިނިވަންކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ފައްޔާޒް ވިދާޅުވީ، ސިޔާސީ އިޞްލާޙާއި އިޤްތިޞާދީ ވަރުގަދަކަމަކީ ވަކިނުކުރެވޭނެ ދެ ކަންތައް ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ އެއް ދައުރުން އަނެއް ދައުރަށް ބަދަލުވެގެންދާއިރު، އެއްކަހަލަ ގޮންޖެހުންތަކެއް ތަކުރާރުވަމުންދާ ކަމަށާއި، މިއީ ނިޒާމީ ގޮތުން ހުރި ބަލިކަށިކަމެއް ކަމަށް އޭނާ ޞިފަކުރެއްވިއެވެ.

”މިކަމަށް ބޭނުންވަނީ ކުރު މުއްދަތުގެ ސިޔާސީ ހައްލުތަކެއްގެ ބަދަލުގައި، ދުރުރާސްތާގެ ދާއިމީ ހައްލުތަކެއް،“ ފައްޔާޒް ވިދާޅުވިއެވެ

. އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ހޯދާފައިވާ ކުރިއެރުންތަކުގެ އަސަރު މިހާރު ފަނޑުވަމުންދާތީ ކަންބޮޑުވާ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ރައްޔިތުންނަށް ދުވަހުން ދުވަހަށް ކުރިމަތިވަމުންދާ ދަތިތަކަށް ޙައްލެއް ހޯދުމަށް މުޅި ނިޒާމަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. އެމްޑީޕީގެ މި ކެމްޕޭނަކީ އެފަދަ ބަދަލުތަކަކަށް މަގުފަހިކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: