ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން މައުލޫމާތު ހޯދުމުގައި އަމަލުކުރަންވީ މިންގަނޑު ކަނޑައެޅުމުގެ އިހުތިޔާރެއް ކޮމިޝަނަކަށް ނެތް: އެމްއެމްބީސީ

އެމްއެމްބީސީގެ ބައްދަލުވުމެއްގެތެރެއިން: ފޮޓޯ އެމްއެމްބީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އީސް ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ’އަދަދު‘ ނޫހުން އުފައްދާފައިވާ ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ އަމަލުކުރި ގޮތާ މެދު އެއްޗެކޭ ބުނުމުގެ އިހުތިޔާރެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އަށް ލިބިގެން ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިދިޔަ މަހު ފަހުކޮޅު ’އަދަދު‘ ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފައެވެ. އެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން ރޭ ވަނީ އެ ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ނޫސް ހިންގަން ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އަމުރު ހޯދުމަށް ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި މީޑިއާ ކޮމިޝަންގެ ސިޓީއެއް ވެސް ހިމެނެއެވެ.

މި މައްސަލައިގައި ’އަދަދު‘ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ތިން މަސް ދުވަހަށް ހިފަހައްޓާފައިވާއިރު، ފުލުހަށް ހާޒިރުވުމަށް ވެސް ވަނީ އަންގާފައެވެ.

އެމްއެމްބީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނަކީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ދެމެހެއްޓުމަށް އިދާރީ މިންގަނޑުތައް ކަނޑައަޅާ ރެގިއުލޭޓަރީ އިދާރާ ކަމަށެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އަމަލުކުރަން ޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނީ އިހްތިޔާރެއް އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށް ބަޔާނުގައިވެއެވެ.

އެމްއެމްބީސީން އިތުރަށް ބުނި ގޮތުގައި، މީޑިއާތަކުން އާއްމުކުރާ ކޮންޓެންޓާ ގުޅުންހުރި މައްސަލަތައް ބަލައި ތަހުގީގުކުރުމާއި، އިދާރީ ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި އެކަން ތަންފީޒުކުރުމުގެ ޒިންމާ އެ ކޮމިޝަނުން އަދާކުރާނެއެވެ. އެމްއެމްބީސީއަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައިގެން މި ސަރުކާރުން އުފައްދާފައިވާ އިދާރާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: