ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާ އެއްގޮތަށް ސިޔާސީ ހަރަކާތް ހިންގަން އީސީން ނަސޭހަތްދީފި

އީސީގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ކުރިއަށް ގެންދާ ހަރަކާތްތައް ހިންގުމުގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސިޓީއެއް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، މި ދެ ޕާޓީން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ ދައްކައި، އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް އަދި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ހަރަކާތްތައް ހިންގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ފޮނުވި މި ސިޓީގައި ބަޔާންކޮށްފައިވަނީ، ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކަކީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުރިއަށް ގެންދަންޖެހޭ ހަރަކާތްތަކެއް ކަމަށެވެ. އަދި މިދުވަސްވަރު ބާއްވާ އެއްވުންތަކުގައި ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ސުލޫކީ މިންގަނޑާ ހިލާފަށް ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމަށާއި، މުޖުތަމައުގައި ރުޅިވެރިކަން އުފެދޭ ފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުމަށް އީސީން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ގާނޫނުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ބައްދަލުވުންތައް ނުބޭއްވުމަށްވެސް ވަނީ އަންގާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޓީގައި ބުނެފައި ވަނީ ގާނޫނީ ހުދޫދުގެ ތެރެއިން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާ ކޮންމެ ސިޔާސީ ހަރަކާތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: