ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިން ބިކަކޮށް، ދޯނިފަހަރަށް ބިދޭސީން އެރުވީ އެމްޑީޕީން: ޝުޖާއު

ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިން ބިކަކޮށް، މަސް ދޯނިފަހަރަށް ބިދޭސީން އެރުވުމުގެ ސަގާފަތް އުފެއްދީ އެމްޑީޕީގެ ސަރުކާރުންކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން، ޝުޖާއު ވަނީ ކުރީގެ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ މަސްވެރިން އެންމެ ބޮޑަށް ބިކަވެ، އެތައް ދަތިތަކެއް ދިމާވީ އެމްޑީޕީގެ ސަބަބުންނެވެ.

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނުއިރު، މަސްވެރި ސިނާއަތް ހަރުދަނާކުރުމަށާއި ފެކްޓްރީތަކާއި އައިސް ޕްލާންޓްތައް އެޅުމަށް ސައުދީ ސަރުކާރުގެ އެހީގެ ގޮތުގައި 16 މިލިއަން ޑޮލަރު ހޯދައިދީފައިވާނެއެވެ. ނަމަވެސް، 2023 ވަނަ އަހަރު ވެރިކަން ދޫކޮށްފައި ދިޔައިރު އެ ފައިސާއިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށާއި، އެމްޑީޕީން ކުރިހާވެސް ކަމަކީ ”އަނގަތަޅައި ފޮޓޯ ނެގުން“ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެ 16 މިލިއަން ޑޮލަރު ރަނގަޅަށް ބޭނުންކުރިނަމަ ފެލިވަރުގެ މަސް ފެކްޓްރީ ހުންނާނީ ބޮޑުކުރެވިފައި. މަސް ބަންދުކުރެވޭ ނިސްބަތް އިތުރުވެގެންދާނެ

މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައަށް ޝުޖާއު ވިދާޅުވީ، މަސްވެރިންނަށްޓަކައި ވަކާލާތުކުރާކަމަށް ބުނި ބަޔަކު ސިޓީއަކުން ކަނޑުގެ ބައެއް ވިއްކާލާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް ކުރަން ޖެހިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަށްކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ދައުރުގައި މަސްވެރިންނަށް ވީ އިހުމާލުތަކަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، ގޭދޮށު މަސްފެކްޓްރީތައް ނޭޅުމުގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ ތެޔޮ ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފައި ނުވާ ކަމަށެވެ. އަދި މަސް ކިލޯގެ އަގު ބޮޑުކުރި ނަމަވެސް، މަސްވެރިން ބޭނި މަހަށް ފައިސާ ނުދީ މަސްވެރިން ނިކަމެތިކޮށްލާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މަސް ދޯނި ފަހަރު ބިކަކޮށް، މަސްވެރިން ކަންނެތްކުރުވީ އެމްޑީޕީން. މަސްދޯނި ފަހަރަށް ބިދޭސީން އެރުވީ ވެސް އެމްޑީޕީން

މި ސަރުކާރުގެ ސިޔާސަތަކީ އިގްތިސޯދުގެ މައި ލޭނާރުގެ ގޮތުގައި މަސްވެރިކަން ދެމެހެއްޓުން ކަމަށާއި، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ މަސްވެރިން މަސައްކަތްކުރާ ސަރަހައްދުތަކަށް ވަގަށް ވަނުން ހުއްޓުވުމަށް ގެނެވޭ މުހިންމު ބަދަލެއް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: