ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ދެއަހަރާ ބައިވީއިރު 23,000 އަށްވުރެ ގިނަ ވަޒީފާ އުފައްދައިފަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ފޮޓޯ: ސައުވީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ އުމުރުން ދެއަހަރާއި ހަ މަސްދުވަސް ވޭތުވާން ގާތްވެފައިވާއިރު، ސަރުކާރާއި އަމިއްލަ ސެކްޓަރު ގުޅިގެން ރާއްޖޭގައި އަލަށް 23،000 އަށްވުރެ ގިނަ ވަޒީފާ އުފައްދާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއް ކަމަށެވެ. މިގޮތުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަމްރީނާއި ހުނަރު ކުރިއެރުވުންރައީސްގެ ޚިޠާބުގައި ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމްކޮށް، ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދިނުމަށް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. އަދި ”ދިވެހި ވަޠަނީ ހިދުމަތުގެ ތަމްރީނު“ ޕްރޮގްރާމުގެ ދަށުން ޒިންމާދާރު ވަޒީފާތަކަށް ދިވެހި ދަރިން ނުކުންނަން ފަށާފައިވާ ކަމީ ލިބޭ ބޮޑު އުފަލެއް ކަމަށް ވިދާޅުވިއެވެ.

ވިޔަފާރިއާއި އިގްސާދީ ކުރިއެރުންއިގްސާދީ ދާއިރާއިން ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ އީ-ކޮމާސް މަންސަތަކާއެކު ކުރެވުނު މަސައްކަތުން ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ލިބެން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން:

  • ތަރައްގީގެ މަޝްރޫއުތަކުގައި ދިވެހި ކުންފުނިތަކަށް އިސްކަންދިނުން.
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުން.
  • މަސްވެރިކަމާއި، ދަނޑުވެރިކަން އަދި ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުން.

ބިދޭސީންގެ މައްސަލައާއި ދިވެހިންނަށް އިސްކަންދިނުންބިދޭސީ މަސައްކަތްތެރިންގެ މައްސަލައިގައި ރައީސް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތައް އަޅައި، ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ވަކިވަކި ވަޒީފާތަކަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭނެ ވަޒީފާތަކެއްގެ ގޮތުގައި ކަނޑައަޅައި، އެކަމަށް އަމަލީ ސިފަ ގެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ 2045 ވަނަ އަހަރަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، މަސައްކަތް ކުރެވޭނެ ކެރިކުޅަދާނަކަން ހުރި ހުރިހާ ދިވެހިން އަމަލީ މައިދާނަށް ނުކުތުމަށް އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: