ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީތަކުގެ ގޮނޑި ކާމިޔާބު ނުކުރެވުނަސް ހާހެއް ނުވޭ: ސަލީމް

ފޮޓޯ: އަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ޕީއެންސީއަށް ފަސް ސިޓީ ކާމިޔާބު ނުވީ، ކުރިއަށް އޮތް ތަނުގައި އެއަށްވުރެ މޮޅު ގޮތެއް މެދުވެރިވާން އޮތީމަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ބ. ކެންދޫ ކައުންސިލްގެ ހުރިހާ ގޮނޑިއަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބު ކުރުން ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ސަލީމް ވިދާޅުވި ގޮތުގައި، ސިޓީތަކުން ބަލިވުމަކުން ޕީއެންސީ ބަލިވީކަމަށް ގަބޫލެއް ނުކުރެވެއެވެ. އަދި މުޅި ރާއްޖެއަށް ބަލާއިރު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި ޕާޓީއަކީ ޕީއެންސީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ސިޓީތައް ކާމިޔާބު ނުވުމަކީ ހިތާމަކުރައްވާ ކަމެއްގެ ގޮތުގައި ސަލީމް ސިފަކުރެއްވިއެވެ.

ސިޓީތަކުން ކާމިޔާބު ނުވުމަކީ އަޅުގަނޑުމެން ވެސް ހިތާމަކުރާ ކަމެއް. ނަމަވެސް މިއިން ކޮންމެ ކަމެއްގައި ވެސް ވިސްނަންވާނެ އޭގައި ކޮންމެވެސް ކަހަލަ ރަނގަޅު ކަމެއް އޮންނާނެ ކަމަށް. އެހެންވީމަ، އަޅުގަނޑުމެން އިޚްތިޔާރު ކުރަން ވާނީ އޭގެ ރަނގަޅު ގޮތް. އެހެންވީމަ އަޅުގަނޑުމެން އެއްގޮތަކަށް ވެސް މިކަމާ ކަންބޮޑުވެގެން ނުވާނެ،

ކެންދޫގެ ނަތީޖާއަށް އަލިއަޅުވާލައްވަމުން ސަލީމް ވިދާޅުވީ، އެ ރަށުން ޕީއެންސީން މިފަހަރު ހޯދީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ވެސް ނުހޯދޭ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކެންދޫން އެމްޑީޕީ އާއި އެހެނިހެން ޕާޓީތައް ”ފުހެލާނެ“ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބ އަތޮޅުގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ސަލީމް އިތުރަށް ވިދާޅުވީ، މީގެކުރީގެ އިންތިޚާބުތަކުގައި ބ. އޭދަފުށި ފިޔަވައި އެ އަތޮޅުގެ ބާކީ އޮތް 12 ރަށުން ޕީއެންސީއަށް އެއްވެސް ގޮނޑިއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، މިފަހަރު އެ މަންޒަރު ބަދަލުވެ، އަތޮޅުގެ 11 ރަށެއްގެ ގޮނޑިތައް ޕީއެންސީން ކާމިޔާބު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި ޕީއެންސީއަށް ކާމިޔާބު ނުކުރެވުނީ ބ. ފެހެންދޫ އާއި ބ. ކަމަދޫ ކަމަށް ސަލީމް ވިދާޅުވިއެވެ. މީގެ ތެރެއިން ކަމަދޫގެ ގޮނޑިތައް ގެއްލުނީ ”ޓެކްނިކަލް މައްސަލައެއް“ ދިމާވުމުން ކަމަށާއި، އެކަންކަން އިސްލާހުކޮށް ކުރިއަށް އޮތް އިންތިޚާބުތަކުގައި ކަމަދޫގެ ހުރިހާ ގޮނޑިއެއްވެސް ޕީއެންސީން ނަގާނެ ކަމުގެ ޔަގީންކަން ސަލީމް ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: