ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕީޖީ ގުރޫޕުން ބުނީ ސަރުކާރު ބަރާބަރޭ: ޝިޔާމް

ފޮޓޯ: އެޓޯލް ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވުމަކީ، މި ސަރުކާރު ”ބަރާބަރު“ ކަމަށް އެ ބޭފުޅުން ވެސް ގަބޫލުކުރައްވާ ކަމުގެ ހެއްކެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން މާލޭގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ކެބިނެޓުގެ ގިނަ ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވުމުން ދޭހަވަނީ ސަރުކާރުގެ މަސައްކަތްތައް ރަނގަޅުކަން އެ ބޭފުޅުންނަށް ވެސް ގަބޫލުކުރެވޭ ކަމަށެވެ.

”ވިދާޅުވީ މިނިސްޓަރު އިހުސާން ވެސް ބަރާބަރޭ. މިނިސްޓަރު ޒަމީރު އަދި މާ ބަރާބަރޭ. ހުރިހާ ވަޒީރުން ވެސް ބަރާބަރޭ، ސަރުކާރު ވެސް ބަރާބަރޭ އެމްޑީޕީން ވެސް ވިދާޅުވީ،“

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި، އެމްޑީޕީގެ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ވަނީ ބައެއް ވަޒީރުންނަށް ރުހުން ދޭން ވޯޓު ދެއްވާފަ އެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ އާންމު މެންބަރުންގެ ފާޑުކިޔުން އަމާޒުވުމުން، ބައެއް މެންބަރުން ވަނީ މާފަށް ވެސް އެދިވަޑައިގެންފަ އެވެ. ޝިޔާމް ވިދާޅުވީ ގާނޫނީ ޒިންމާ އަދާކުރެއްވުމަށްފަހު މާފަށް އެދެން ޖެހުމަކީ އެމްޑީޕީން މެންބަރުން ”ކުޑަކަކޫ“ ޖެއްސުން ކަމަށެވެ.

މީގެ އިތުރުން، މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ބ. ކެންދޫ ދާއިރާއިން ޕީއެންސީ ހޯދި ކާމިޔާބީއަށް އަލިއަޅުވާލައްވަމުން ޝިޔާމް ވިދާޅުވީ، މިއީ ރައްޔިތުން މި ސަރުކާރަށް ކުރާ އިތުބާރު ހާމަވާ ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން ސިޔާސީ ހަރަކާތްތަކަށް ހުރަސް ނާޅާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ކުރީގެ އެމްޑީޕީ ސަރުކާރުގައި އިދިކޮޅު ހަރަކާތްތަކަށް ހުރަސް އެޅި ގޮތް ހަނދާންކޮށްދެއްވައި، މިހާރު ރާއްޖޭގައި އޮތީ މާ ފުޅާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ކަމަށް ވިދާޅުވެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: