ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ޒާހިދު --- ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޒާހިދު މަގާމުން އިސްތިއުފާ ދެއްވިކަން އިލެކްޝަންސް ކޮމިޝަނުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް، އޭނާ މަގާމުން ވަކިވެވަޑައިގަތް ވަކި ސަބަބެއް އީސީން ހާމައެއް ނުކުރެ އެވެ.

އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ވިދާޅުވީ، ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވިކަން އެނގިވަޑައިގެންފައިވާކަމަށާއި، އެކަމަކު އެއީ ކޮން ސަބަބަކާ ހުރެ ނިންމެވި ނިންމެވުމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޒާހިދު އީސީގެ މެންބަރަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން، އޭނާ ކޮމިޝަންގެ ރައީސްގެ މަގާމަށް އައްޔަން ކުރީ ފެބްރުއަރީ މަހު އެވެ. އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކުގެ ދަށުން، ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ އިހުތިޔާރު، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ޒާހިދު ކޮމިޝަނުގެ ރައީސަކަށް ހުންނަވައި ކުރެއްވި ފާހަގަކުރެވޭ އެއް މަސައްކަތަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމަށް ނެގި ރިފެރެންޑަމް ވޯޓެވެ. އަދި ޒާހިދު އިސްތިއުފާ ދެއްވިިއިރު، އަންނަ ޖޫން މަހު ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: