ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްޤީއަށް ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން: ރައީސް ނަޝީދު

ރައީސް ނަޝީދް ދ.ކުޑަހުވަދޫގައި ސަންގު ޓީވީއަށް ދިން ޚާއްސް --- ފޮޓޯ: ސަންގު ޓިވީ އިންޓަވިއުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮޅުމަޑުލާއި ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެ ރަށްތަކުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

މި ދަތުރުފުޅަކީ އެ ރަށްތަކުގެ ހާލަތު ބައްލަވާލައްވައި، ކައުންސިލްތަކާއެކު ތަރައްޤީގެ މަޝްވަރާތައް ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ދަތުރުފުޅު ފެއްޓެވީ ކޮޅުމަޑުލު ތިމަރަފުށިން ކަމަށާއި، އެރަށުގައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެވުނު ކަމަށެވެ.

ވަކިން ޚާއްޞަކޮށް އަޅަމުންދާ ގެތަކަށް މީހުން ބަދަލުވުމުގެ މަލަމަތި ފެންނަމުންދާތީ، ތިމަރަފުށީ ކައުންސިލާއެކު އެމްޑީޕީގެ ސެކްރެޓޭރިއެޓުން ގުޅިގެން ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ކިނބިދޫއަށް ކުރެއްވި ޒިޔާރަތާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ، އެރަށު ރައްޔިތުން އިސްނަގައިގެން ޖެހިގެން އޮތް ރަށާ ގުޅުވާލުމަށް ފާލަމެއް އަޅައި، ޓޫރިޒަމަށް އެރަށް ތައްޔާރުކޮށްފައިވާ މިންވަރު ފެނިވަޑައިގެން އަޖައިބުވެވަޑައިގަތް ކަމަށެވެ. އަދި ވޭމަންޑޫއާއި ކިނބިދޫ ގުޅާލުމަކީ ރައްޔިތުންގެ ބޮޑު އުންމީދެއްކަން ފާހަގަކުރައްވައި، އެކަން ކުރަންވާނީ ތަންބުތަކެއްގެ މަތީގައި ފާލަމެއް އަޅައިގެން، އޮއެދެމޭނެ ގޮތަކަށް ކަމަށް ކައުންސިލާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މަޑިފުއްޓާއި ވިލުފުއްޓަށް ކުރެއްވި ޒިޔާރަތުގައި، އެ ރަށްތަކުގެ ކައުންސިލްތަކުން ތަރައްޤީގެ ކަންކަން ހިންގުމަށް ބޮޑެތި ތަޖުރިބާތަކެއް ހޯދާފައިވާކަން ފާހަގަކުރެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ. މި ރަށްތަކުގެ ކައުންސިލްތަކުން ތަރައްޤީގެ މަސައްކަތްތައް ބައްޓަންކުރަމުންދާ ގޮތަށް އެމަނިކުފާނު ވަނީ ތައުރީފު ކުރައްވާފައެވެ.

ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ދ. ކުޑަހުވަދޫއަށް ވަޑައިގެން ނަޝީދު ވިދާޅުވީ، އެރަށުން ފެނިގެންދަނީ ތަރައްޤީގެ ހައިރާންކުރުވަނިވި ލަނޑުދަނޑިތަކެއް ހާސިލްކޮށްފައިވާ މަންޒަރު ކަމަށެވެ. ކުޑަހުވަދޫގެ ހުރިހާ ކައުންސިލަރުންނަކީ އެމްޑީޕީގެ މެންބަރުންކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ކައުންސިލާ ގުޅިގެން އެރަށުގެ ތަރައްޤީ މިހާރަށްވުރެ ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ދަތުރުފުޅަށްފަހު ރައީސް ނަޝީދު މިހާރު ވަނީ އެނބުރި މާލެ ވަޑައިގަތުމަށް ފުރާވަޑައިގެންފައެވެ. މި ދަތުރުފުޅުގެ ސަބަބުން އަތޮޅުތެރޭގެ ރަށްތަކުގެ ތަރައްޤީގެ ހާލަތު އިތުރަށް ދެނެގަނެވި، ކުރިއަށް އޮތް ތަނުގައި ކައުންސިލްތަކާއެކު ގާތުން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: