ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އަހަރީ ބައްދަލުވުންތައް ފަށައިފި

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އަހަރީ ބައްދަލުވުން / ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ކަނޑުގެ މަސްވެރިކަން ބަލަހައްޓާ އެންމެ އިސް އިދާރާ ކަމަށްވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ އަހަރީ ބައްދަލުވުންތައް މިއަދު މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

މިފަދަ ބައިނަލްއަޤްވާމީ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަކީ ދިވެހިރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އަހަރީ ބައްދަލުވުން / ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީސް

ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ސިލްސިލާ ބައްދަލުވުންތައް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ބާއްވަނީ ކޮމްޕްލަޔަންސް ކޮމިޓީގެ ބައްދަލުވުމެވެ.

މި ބައްދަލުވުންތަކަކީ އިންޑިއާ ކަނޑުގެ ސަރަހައްދާއި އެ ނޫން ސަރަހައްދުތަކުގެ މެންބަރު ގައުމުތަކާއި، އޮބްޒާވަރުންގެ އިތުރުން މި ދާއިރާގެ އެކި މަސްލަހަތުވެރިން ބައިވެރިވާ ފަންނީ އަދި ކޮމިޝަން ފެންވަރުގެ މުހިންމު މަޝްވަރާތަކެކެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން ފެށުނު ކޮމްޕްލަޔަންސް ކޮމިޓީއަކީ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކަނޑައަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ގައުމުތަކުން ތަންފީޒުކުރާ މިންވަރު މުރާޖައާކުރާ މައިގަނޑު ގޯސްޕައެވެ. މީގެ އިތުރުން، މަސްވެރިކަން މޮނިޓަރިންގ، ކޮންޓްރޯލް އަދި ސަވައިލަންސް (އެމް.ސީ.އެސް) ނުވަތަ ބެލެހެއްޓުމާއި ފާރަވެރިވުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގައި މި ކޮމިޓީން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އަހަރީ ބައްދަލުވުން / ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީސް

މި ސަރަހައްދުގެ ކަނޑުމަހުގެ މަސްވެރިކަމުގައި ދެފުށް ފެންނަ، ޒިންމާދާރު ސިޔާސަތުތަކެއް ކުރިއެރުވުމަކީ މި ބައްދަލުވުންތަކުގެ އެންމެ ބޮޑު އެއް މަގްސަދެވެ. މިގޮތުން، ޤަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމާއި، މަސްވެރިކަމުގެ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކުރުމަށްޓަކައި އެކަށީގެންވާ ސިޔާސަތުތައް އެކުލަވާލުމަށް މި ބައްދަލުވުމުގައި ގައުމުތަކުގެ މެދުގައި މަޝްވަރާކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ މަސްވެރިކަމުގެ ހައްގުތައް ހިމާޔަތްކުރުމަށް އިސްކަންދެއްވާއިރު، މިފަދަ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: