ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. މިލަންދޫގެ ބިންހިއްކުން ނިމުން --ފޮޓޯ:ރައީސް މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. މިލަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢު، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުރިއަށްދާ މި މަޝްރޫޢަކީ އެ އަތޮޅުގެ ދަތުރުފަތުރާއި އިޤްތިޞާދަށް އަންނާނެ ބޮޑު ބަދަލެކެވެ.

މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 03 އެޕްރީލް 2026 ގައެވެ. އަދި މުޅި މަޝްރޫޢު އެއްކޮށް ނިންމާލާފައިވަނީ 04 މެއި 2026 ގައެވެ. މި ބިޔަ މަޝްރޫޢު ނިންމުމަށް ހޭދަވެފައިވަނީ އެންމެ 31 ދުވަހެވެ.

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ކަނޑައެޅި ޖުމްލަ 21 ހެކްޓަރުގެ ސަރަހައްދު މިހާރު ވަނީ ސައްތަ އިންސައްތަ ހިއްކާ ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1,134,534 ކިއުބިކް މީޓަރުގެ ވެލި ވަނީ ބޭނުންކޮށްފައެވެ. މި މަސައްކަތް ހަލުވި މިނެއްގައި ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ ”ކްއީން އޮފް ދަ ނެދަލަންޑްސް“ ބޭނުންކޮށްގެންނެވެ. މި ޑްރެޖަރަކީ އެއްފަހަރާ 35,000 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

ބިން ހިއްކުމުގެ އިތުރުން، އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ރަށުން 4.9 ހެކްޓަރުގެ ސަރަހައްދަކުން ގަސް ނަގާފައިވެއެވެ. އެހެންކަމުން މި މަޝްރޫޢުގެ ޖުމްލަ ސަރަހައްދަކީ 25.90 ހެކްޓަރެވެ.

މިލަންދޫ އެއާޕޯޓަކީ އެ ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކާ ގުޅިފައިވާ މަޝްރޫޢެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ވީހާވެސް އަވަހަށް ފުއްދަވައި، އަތޮޅުތަކުގެ ތަރައްޤީއަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަށެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، އެއާޕޯޓުގެ ދެން ހުރި މަސައްކަތްތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކްސް (X) މެދުވެރިކުރައްވައި މި މަޝްރޫޢުގެ ތަފްޞީލުތައް ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: