ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ވިޝަން 2040“ އާއެކު ރާއްޖެ ތަރައްގީގެ އައު އުސްމިންތަކަކަށް ދާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އޮތީ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައި ކަމަށާއި، އުމްރާނީ ތަރައްގީއާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ކުރިޔަށް ގެންދިޔަ ރާއްޖެ – ކޮލަމްބޯ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

ކޮލަމްބޯގައި ބޭއްވި މި ފޯރަމްގައި ރައީސް ވަނީ ރާއްޖޭގެ އިގްތިސާދު އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މި ދަނޑިވަޅަކީ ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އެއްބާރުލުމުގެ އައު ބާބެއް ފެށުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. ރާއްޖޭގެ ތަރައްގީގެ ބްލޫޕްރިންޓް ކަމަށްވާ ”ވިޝަން 2040“ ގެ ދަށުން، ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ، ޓެކްނޮލޮޖީއާއި ތިމާވެއްޓާ ރައްޓެހި ގައުމަކަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި ރައީސް ވަނީ ރާއްޖޭގެ އަމިއްލަ ދާއިރާ ބާރުވެރިކުރުވުމަށާއި، ބޭރުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކުރުމަށް ގެންނަވާފައިވާ ބަދަލުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޒަމާނީ ”ފޮރިން އިންވެސްޓްމަންޓް ޤާނޫނު“ އާއި، ހާއްސަ އިގްތިސާދީ ސަރަހައްދުތަކުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކަކީ އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު އޮތްކަމުގެ ހެއްކެއްގެ ގޮތުން، ދާދިފަހުން ގޫގްލްއިން ރާއްޖޭގައި ކުރަން ނިންމި އިންވެސްޓްމަންޓް ރައީސް ފާހަގަކުރެއްވިއެވެ. މިއީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ ޑިޖިޓަލް މަރުކަޒަކަށް ވެގެންދާނެ ކަމުގެ ނިޝާނެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ އޮތީ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައި ކަމަށާއި، އުމްރާނީ ތަރައްގީއާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި ވިޔަފާރިތަކަށް ސްރީލަންކާގައި އިތުރު ފުރުސަތުތައް ހުޅުވިގެންދިއުމަކީ ވެސް ސަރުކާރުގެ ބޮޑު އުންމީދެއް ކަމުގައި ވިދާޅުވިއެވެ.

ރައީސް ވަނީ އިންޑިއާ ކަނޑުގެ އަމާންކަމާއި ތަނަވަސްކަމަށްޓަކައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: