ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ އެންމެ ވަރުގަދަ ފުންނާބު އުސް ބޭފުޅުން ތިއްބެވި ޕާޓީ: ޔައުޤޫބް

މެމްބަރު ޔައުގޫބް ސަންގުޓީވީ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ...
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ އެހެން ސިޔާސީ ޕާޓީތަކާއި ޚިލާފަށް އެންމެ ވަރުގަދަ ފުންނާބު އުސް ބޭފުޅުން ތިއްބެވި ޕާޓީކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބް މިހެން ވިދާޅުވީ ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. ޔައުޤޫބް ވިދާޅުވީ، އެކިއެކި ވަޒީރުކަން ކުރެއްވި އެތައް ބޭފުޅުންނެއް އެމްޑީޕީގައި ތިއްބެވިކަމަށެވެ.

މިގޮތުން، ފާއިތުވި ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ވާދަވެރި ޕާޓީތަކުން ކުރިމަތި ލެއްވި ކެނޑިޑޭޓުންގެވެސް 90 އިންސައްތައަކީ އެމްޑީޕީގެ ކެނޑީޑޭޓުންނަށްވުމީ ޕާޓީގެ މުހިންމުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.  މިއީ ހައްތަހާވެސް އެމްޑީޕީގެ އެތެރެއިން އުފެދިގެން އައި ބޭފުޅުންކަމަށް ޔައުޤޫބް ވިދާޅުވިއެވެ.

އެމްޑީޕީއަކީ މިގަތު ރާއްޖޭގައިއޮތް އެންމެ ވަރުގަދަ ޕާޓީކަން ތަކުރާރު ކުރައްވާ ޔައުޤޫބް ވިދާޅުވީ، މިވަގުތު ޕާޓީޢަށް ބޭނުންވަނީ ތަޖުރިބާ ހުރި ވަރުގަދަ ކެރޭ ލީޑަރެއްކަމުގައެވެ. މިވަގު ޕާޓީއަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ސިޔާސީގޮތުން ޕާޓީ ހިންގުމުގައި މީހަކު ނެތުން ކަމުގައި ޔައުޤުބް ވިދާޅުވިއެވެ.

“ އެމްޑީޕީއަކީ ރާއްޖޭގައިއޮތް އެންމެ ވަރުގަދަ ޕާޓީ، މިވަގުތު އެންމެ ބޭނުންވަނީ ވަރުގަދަ ތަޖުރިބާ ހުރި ކަންކަން ކުރެވޭނެ ޤާބިލު ބޭފުޅެއް. ޕާޓީއަށް ބޭނުންވަނީ ގޭގައި ނޯންނަވާ ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ ގާތަށް ނިކުންނަވާ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާއްވާ ހަރުދަނާ ހިތްވަރުގަދަ ލީޑަރެއް “ ޔައުޤޫބް އަބްދުﷲ

ޔައުޤޫބް ވިދާޅުވީ މިހާރުގެ ވަގުތީ ޗެއާޕާރސަން އަބްދުލްގަފޫރު މޫސާ އަކީ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް ސިޔާސީ ގޮތުން ޕާޓީއަށް ނުވަތަ ޕާޓީގެ މެމްބަރުންނަށް މިވަގުތު އެންމެ ބޭނުންވަނީ ވަރުގަދަ ތަޖުރިބާ ހުރި ކަންކަން ކުރެވޭނެ ޤާބިލު ބޭފުޅެއްކަމަށް ޔައުޤޫބް ވިދާޅުވިއެވެ. މިގޮތުން މިވަގުތު ޕާޓީއަށް ބޭނުންވަނީ ގޭގައި ނޯންނަވާ ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ ގާތަށް ނިކުންނަވާ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާއްވާ ހަރުދަނާ ހިތްވަރުގަދަ ލީޑަރެއް ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. އަދި އޭނާ ޤަބޫލްކުރައްވާ ގޮތުގައި އެބޭފުޅާކީ ރައީސް ނަޝީދު ކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: