ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

ތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ސައީދު އާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ސޯބެ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މިއަދު އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އަންނަ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ވާދަކުރަނީ މައި ދެ ޕާޓީގެ ކެންޑިޑޭޓޫންނެވެ. އެއީ ސަރުކާރުގެ މައި ޕާޓީ ޕީއެންސީން އަހުމަދު ސައީދު (ސޮޑާ) އާއި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ ޕްރައިމެރީއަށް ނަން ހުށަހެޅީ ހަމައެކަނި ސޯބެ އެވެ. އެހެންވެ އޭނާއަށް ޕާޓީގެ ޓިކެޓު ކަށަވަރުވީ އެވެ. އަދި ޕީއެންސީގެ ޕްރައިމެރީގައި ވާދަކޮށް ސިނާން ޓިކެޓު ކާމިޔާބު ކުރެއްވި އިރު، އޭގެ ފަހުން ވަނީ ޓިކެޓު ދޫކޮށްލަން ނިންމިކަން ހާމަކޮށްފަ އެވެ. އަދި ސިނާން ޓިކެޓު ދޫކުރުމުން ޕީއެންސީން ވަނީ ސައީދަކީ ކެންޑިޑޭޓުކަމަށް އިއުލާނުކޮށްފަ އެވެ.

މިއަދު ބޭއްވި ގުރުއަތުލުމަށްފަހު، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުވެފައިވާ ގޮތަކީ:

  1. އަހްމަދު ސައީދު (ސޮޑާ) – ޕީއެންސީ
  2. އަބްދުﷲ ސޯދިގު (ސޯބެ) – އެމްޑީޕީ

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުގެ ސަބަބުން، އޭނާގެ މެމްބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓުގެ ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީއެވެ.

ކައުންސިލް އިންތިހާބުގެ ނާކާމިޔާބީއަށް ފަހު، ސަރުކާރުން ބޮޑު އިތުރު އިންތިހާބަކާއި ކުރިމަތިލާއިރު މިއީ ވާދަވެރި އިންތިހާބަކަށް ވާނެ އެވެ. މީގެ ކުރިން 19 ވަނަ މަޖިލީހުގައި، ބައި އިލެކްޝަނަށް ކުރީ ސަރުކާރުން ބޮޑެތި ހަރަދުތައްކޮށްފައި ވެއެވެ.

އިންތިހާބުގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ ނަމަ މިއީ އައްޑޫގެ އިތުރު ގޮނޑިއެއް ކާމިޔާބު ނުވެ ލިބޭ ބޮޑު ނާކާމިބީއަކަށް ވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: