ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ. މަނަދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް، އަމަންއަމާންކަން ދެމެހެއްޓުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން، ނ. މަނަދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ފޮޓޯތައް އެމްޓީސީސީން ވަނީ އާންމުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ސްޓޭޝަންތަކާއި، ފުލުހުންގެ ޕޯސްޓުތައް ގާއިމުކުރުމަށެވެ. މި ސިޔާސަތުގެ ދަށުން މިހާރުވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުލުހުންގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މީގެ ކުރީގެ އަހަރުތަކަށް ބަލާއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުލުހުންގެ ޚިދުމަތް ދާއިމީ ގޮތެއްގައި ދެވޭނެ އިންތިޒާމެއް ނެތެވެ. މީގެ ސަބަބުން އެ ރަށްރަށުގައި ކުށްކުރުން އިތުރުވެ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ވަކިން ޚާއްޞަކޮށް، ފުލުހުންގެ ހާޒިރުވުން ނެތް ރަށްރަށުގައި މަސްތުވާތަކެތީގެ މައްސަލަތައް ވަނީ ނުހަނު ބޮޑުވެފައެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން ހުއްޓުވުމަށް މިހާރުގެ ސަރުކާރުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފުލުހުންގެ ޚިދުމަތް ރަށްރަށުގައި ފުޅާކުރުމަކީ ކުށް މަދުކުރުމަށާއި، ރައްޔިތުންނަށް އަމާން މުޖުތަމައެއް ބިނާކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުގެ އަމާޒަކީ ފުލުހުންގެ ވަސީލަތްތައް ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމެވެ. މިގޮތުން ނ. މަނަދޫގައި އިމާރާތްކުރެވޭ މަރުކަޒަކީ އެ ސަރަހައްދުގެ ކުށްމަދުކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: