ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިތަކުން ކުރާ ޓީޓީ އާއި ބޭރު ފައިސާގެ މުއާމަލާތްތައް ބޮޑުތަނުން އިތުރުވެއްޖެ: ސައީދު

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ވިޔަފާރިތަކުން ކުރާ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) އާއި ބޭރު ފައިސާގެ މުއާމަލާތްތައް ބޮޑުތަނުން އިތުރުވެފައިވާ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއީ ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ވިޔަފާރީގެ ހަރަކާތްތަކާއި އިމްޕޯޓަށް އޮތް ޑިމާންޑް އިތުރުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް ސަރުކާރުން ބުނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ، ވިޔަފާރިތަކަށް، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމެރިކާ ޑޮލަރު ލިބުން ފަސޭހަވުމަކީ އިގްތިސާދީ ކުރިއެރުމަށް ލިބޭ ބޮޑު ބާރެއް ކަމަށެވެ.

2025 އާއި 2026 ގެ ތަފާތު: ޑޮލަރު ދޫކުރި މިންވަރުގެ ބޮޑު ކުރިއެރުމެއް
ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

2025 ވަނަ އަހަރު: ޓީޓީ މެދުވެރިކޮށް ވިޔަފާރިތަކަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. އެ އަހަރުގެ މަހެއްގެ އެވްރެޖަކީ 15 މިލިއަން ޑޮލަރެވެ. 2026 ވަނަ އަހަރު (އޭޕްރިލްގެ ނިޔަލަށް): އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އެކަނިވެސް 136 މިލިއަން ޑޮލަރު ވަނީ ޓީޓީގެ ގޮތުގައި ދޫކޮށްފައެވެ.

މިއާއެކު މަހެއްގެ މައްޗަށް ދޫކުރާ ޑޮލަރުގެ އެވްރެޖް ވަނީ 34 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު އިތުރުވުމެކެވެ.

2026 ވަނަ އަހަރުގެ މަސްތަކުގެ ތަފްސީލް (ޓީޓީ):

ޖެނުއަރީ: 35 މިލިއަން ޑޮލަރު (10,803 މުއާމަލާތް)
ފެބުރުއަރީ: 34 މިލިއަން ޑޮލަރު (10,551 މުއާމަލާތް)
މާރިޗު: 37 މިލިއަން ޑޮލަރު (10,600 މުއާމަލާތް)
އޭޕްރިލް: 33 މިލިއަން ޑޮލަރު (8,955 މުއާމަލާތް)

ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތައްވެސް އިތުރުވެފައި
ޓީޓީގެ އިތުރުން، ޑެބިޓް އަދި ކްރެޑިޓް ކާޑުތައް މެދުވެރިކޮށް ބޭރު ފައިސާ ބޭނުންކުރާ މިންވަރުވެސް ވަނީ މަތިވެފައެވެ. އެގޮތުން 2025 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 31 މިލިއަން ޑޮލަރު ކާޑުތަކުން ބޭނުންކޮށްފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ އެވްރެޖް ވަނީ 40 މިލިއަން ޑޮލަރަށް އުފުލިފައެވެ.

ސަރުކާރުން ބުނާ ގޮތުގައި، މި ބަދަލުތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ރަސްމީ ބޭންކިންގ ނިޒާމުގެ ތެރެއިން ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ. އަދި މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް މުދާ އިމްޕޯޓްކުރުމުގައި ކުރިމަތިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: