ރައީސުލް ޖުމްހޫރިއްޔާ ޑރ. މުއިއްޒުއަކީ އޭނާގެ މުޅި ހަޔާތުގައިވެސް ދުށް އެންމެ ވަރުގަދަ އެންމެ މުރާލި ލީޑަރުކަމުގައި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޒަރީރު މިހެން ވިދާޅުވީ، ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އއ. ހިމަންދޫއިން ކޮންގްރެސް ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެ ޕާޓީގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޒަރީރު ވިދާޅުވީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އޭނާވަނީ މިކަން ވަރަށް ގާތުން ދެކި ތަޖުރިބާކޮށްފައި ކަމުގައެވެ. މިގޮތުން ރައީސް ޑރ. މުއިއްޒު ރެޔާއި ދުވާލު ޤައުމަށްޓަކައި މަސައްކަތް ކުރައްވާ އަދި ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ މިހާތަނަށް މިހާ ބުރަކޮށް ޤައުމަށްޓަކައި މަސައްކަތް ކުރެއްވި ރައީސަކު އޭނާ ދުވަހަކުވެސް ނުދެކޭކަމަށެވެ.
“ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އަޅުގަނޑު މިކަން ވަރަށް ގާތުން ތަޖުރިބާކޮށްފިން، ރައީސް ޑރ. މުއިއްޒު ރެޔާއި ދުވާލު ޤައުމަށްޓަކައި މަސައްކަތް ކުރައްވާ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ބުރަ މަސައްކަތްތަކެއް ކުރައްވާފައިވޭ، ޤައުމަށްޓަކައި މިހާ ބުރަކޮށް މަސައްކަތް ކުރެއްވި ރައީސަކު އަޅުގަނޑު ވުދަހަކުވެސް ނުދެކެން “ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުވެސް ޕީއެންސީއިން ކާމިޔާބުކޮށްފައިވަނީ ރިކޯޑު އަދަދަކާއި އެކުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މަޖިލީސް އިންތިޚާބަށް އިޝާރަތް ކުރައްވާ ޒަރީރު ވިދާޅުވީ ،ޕީއެންސީއިން މަޖިލިސް އިންތިޚާބުވެސް ކާމިޔާބުކޮށްފައިވަނީ ހަމަ ރިކޯޑް އަދަދަކުން ކަމުގައެވެ. މިގޮތުން ”ސީދާ ސުޕަރ ޕެޖޯރިޓީ “ ހޯދީ ޕީއެންސީކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ ފަހުން އައި ބައި އިލެކްޝަނުގައިވެސް 85 އިން ސައްތަ ގޮނޑި ކާމިޔާބުކުރީ ޕީއެންސީ ކަމަށް އޭނާ ވިދާޅުވިއެވެ. ޒަރީރު ވިދާޅުވީ ޖެހިޖެހިގެން ހަތަރު އިންތިޚާބު ކާމިޔާބު ކުރެވުން މިއީ އާދައިގެ ލީޑަރަކަށް މިރާއްޖޭގައި މިހާތަނަށް ކުރެވިފައިވާ ކަމެއް ނޫންކަމަށެވެ. މިކާމިޔާބީގެ ފަހަތުގައިވަނީ ރައީސް ޑރ. މުއިއްޒުގެ ބުރަ މަސައްކަތްޕުޅުކަން އޭނާ ތަކުރާކު ކުރެއްވިއެވެ.

