ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ ”އައްޑޫ ބިޒްނަސް ޑައިލޮގް“ ގައި ބައިވެރިވުމުގެ ފުރުޞަތު އިޤުތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން އިޤުތިޞާދީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމުގެގޮތުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޑައިލޮގްގައި ބައިވެރިވުމަށް އައްޑޫ ސިޓީގެ އެންމެހާ ވިޔަފާރިވެރިންނަށް ދައުވަތު އަރުވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤުތިޞާދީ ދާއިރާ ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތަކީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސަރުކާރަށް އިއްވުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: