ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަކީ ރައީސް މުއިއްޒުގެ މިލްކެއް ނޫން، ޚާރިޖީ ސިޔާސަތަަށް ފާޑުކިޔާނަން: ރައީސް ނަޝީދު

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގައުމެއްނޫން ކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ ހައްގު ކޮންމެ ބަޔަކަށް ވެސް އޮންނާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތަށާއި މާލީ ހާލަތާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން، ފޮރިން މިނިސްޓްރީން ނެރުނު ބަޔާނަކަށް ރައްދު ދެއްވަމުންނެވެ. ފޮރިން މިނިސްޓްރީން އާޏްމު ކުރި ބަޔާނެއްގައި ވަނީ، ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ބޭރު ގައުމުތަކާ އޮންނަ ގުޅުންތަކަށް ބުރޫއަރާ ފަދަ ވާހަކަތައް ދެއްކެވުމުން ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ގައުމީ މަސްލަހަތަށް ނޭދެވޭ އަސަރުކުރާތީ، އެފަދަ ވާހަކަ ދެއްކެވުމުގައި ސަމާލުވުމަށް މިނިސްޓްރީގެ ބަޔާޏުގައި ވެއެވެ.

ރައީސް ނަޝީދާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާން، އާންމުކުރައްވައި ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރަައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ގައުމެއްކަމަށާއި، މިއީ ރިފެރެންޑަމް ވޯޓުން 30 އިންސައްތަ ލިބިވަޑައިގެންނެވި ރައީސް މުއިއްޒުގެ އެކަނި ރާއްޖެއެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ހިމެނޭހެން، ތަފާތު ސިޔާސަތުތަކަށް ފާޑުކިޔައި، އެކަންކަން ދެނެގަތުމަކީ ވާދަވެރި ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޭރުގެ އެކުވެރި ދައުލަތްތަކުން ދޭ މާލީ އެހީތަކާއި ލޯނުތައް ސަރުކާރުން ބޭނުންކުރަންވާނީ އިސްރާފު ކުޑަކޮށް، ޒިންމާދާރުކަމާއެކުކަމާއި، މި ކަންކަން ސަރުކާރުން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ

ރައީސް ނަޝީދު ވަނީ އަވަށްޓެރި މޮރިޝަސް ފަދަ ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމާ ގުޅޭގޮތުން އިންޑިއާ ސަރުކާރާއެކު މަޝްވަރާކުރެއްވިކަމަށް ވެސް ވިދާޅުވެފަ އެވެ. އެ ވާހަކަތަކަށް ދިން ރައްދުގައި ފޮރިން މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުން ޚާރިޖީ ސިޔާސަތު ތަންފީޒު ކުރަނީ ވަކި ހަމަތަކާއި މަރުހަލާތަކެއްގެ ތެރެއިން، ދެ ފަރާތަށް މަންފާވާނެ ގޮތަށް ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖެއިން އަބަދުވެސް އިސްކަންދެނީ ދުވަސްވީ އެކުވެރި ގައުމުތަކާއި ޖަމިއްޔާތަކާ ގުޅުން ބަދަހިކުރުމަށް ކަމަށެވެ. އަދި ހާރިޖީ ސިޔާސަތުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަކީ ގައުމީ އެއްބައިވަންތަކަމާއި މުއައްސަސާތަކަށް އޮންނަ އިތުބާރު ބަދަހިވާނެ ކަންކަމަށް ވާންޖެހޭކަމަށް ބަޔާނުގައި ވެއެވެ.

އިންޑިއާގެ މީޑިއާއަށް ދެއްވި އިންޓަވިއުގެ އިތުރުން، އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ނިއު ދިއްލީގައި ކުރިޔަށް ގެންދިޔަ ”އިންޑިއަން އޯޝަން ޑައިލޮގް“ ގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ މިހާރުގެ ހާރިޖީ މިސްރާބާ މެދު ވެސް އެމަނިކުފާނު ސުވާލި އުފެއްދެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: