ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑިޝަލް ކައުންސިލް އަލުން އުފެއްދުމާއި ގުޅޭ ބިލު މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަނީ!

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓުތަކުގެ އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ”ޖުޑީޝަލް ކައުންސިލް“ އަލުން އެކުލަވާލުމަށް ސަރުކާރުން ނިންމި ނިންމުމާއި އެއްގޮތަށް އަންނަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުމަށް ތައްޔާރުވެއްޖެ އެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، ކުރިން އޮތް ”ޖުޑިޝަލް ކައުންސިލް“ އަލުން އުފައްދައި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ އެ ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބާރުގެ ދަށުގައި ޑީޖޭއޭ އޮތް އޮތުން ބަދަލުކޮށް، ކޯޓުތަކާ ބެހޭ ގާނޫނުގައި ކުރިން އޮތް ގޮތަށް ޖުޑިޝަރީގެ ކަންތައްތައް ތަރުތީބުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން ރައީސް ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިކަމާއި ގުޅޭ ބިލު މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅާނެކަމަށް އުޝާމް ވަނީ ވިދާޅުވެފަ އެވެ.

މި ބަދަލާއި ގުޅޭގޮތުން ވާހަކަ ދެއްކެވިއިރު އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އުވާލާފައިވާ ޖުޑިޝަލް ކައުންސިލަކީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި، ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭހެން ފަންނީ މަޝްވަރާތައް ކުރުމަށް އެކުލަވާލެވިފައި އޮތް ކައުންސިލެއްކަން ފާހަގަކުރެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވީ ޖުޑިޝަލް ކައުންސިލް އަލުން ރީއިންސްޓޭޓް ކުރެވޭނެ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި، އަދި އޭގެ އިތުރަށް އުއްތަމަ ފަނޑިޔާރާ، ޖުޑިޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ޑީޖޭއޭ ބަދަލުވެގެންދިޔުމަކީ ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް ނިޒާމުގެ ތެރެއިން ދަށު ކޯޓުތަކުގެ އިދާރީ ހިންގުން އެޑްމިނިސްޓްރޭޓަރުންގެ ބާރުގެ ދަށަށް ގޮސްފައި އޮތުމަކީ ޖުޑިޝަރީގެ މަސައްކަތްތަކަށް އަސަރުކުރާ ކަމެކެވެ. އެމަނިކުފާނު ވިދާޅުވީ އެޑްމިނިސްޓްރޭޓަރަކީ ހަމައެކަނި އިދާރީ ކަންކަން ބަލަހައްޓާ ފަރާތެއްކަމަށާއި، ކޯޓުތަކުގެ އިސްވެރިއަކަށް ވާންޖެހޭނީ އެ ތަނެއްގެ އިސް ފަނޑިޔާރު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: