ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރި ކަމުގެ ދާއިރާގެ ޓެކްސްތަކުން ލިބުނު އާމްދަނީ ދަށްވެއްޖެ

ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް ދާއިރާގެ ޓެކްސްތަކުން ލިބުނު އާމްދަނީ ވޭތުވެދިޔަ އަހަރުގެ އޭޕްރިލްމަހާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އޭޕްރީލް މަހު މީރާއިން ބަލައިގަނެފައިވާ ޖުމްލަ އާމްދަނީ އަކީ 2.63 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 0.3 އިންސައްތަ ދަށް އަދަދެކެވެ.

އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީތަކުން ލިބުނު އާމްދަނީ މަދުވުމެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މިއަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 19.8 އިންސައްތަ ދަށްވުމަކީ މި ދާއިރާގެ އާމްދަނީއަށް އައި ލޮޅުމުގެ މައިގަނޑު ސަބަބެވެ.

މީގެ އިތުރުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު މަދުވެ، ޖީއެސްޓީ އާމްދަނީ ދަށްވާނެ ކަމަށް ބެލެވޭތީ ކުރިން ކުރި އަންދާޒާތައް މުރާޖާކޮށްފައިވާ ކަމަށްވެސް މީރާއިން ބުނެއެވެ.

ނަމަވެސް، މިއީ އޭޕްރިލް މަހު ލިބޭނެކަމަށް ކުރިން އަންދާޒާކުރި އަދަދަށްވުރެ 16.6 އިންސައްތަ އިތުރު އަދަދެކެވެ. އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވީ ރިޒޯޓުތަކުގެ ކުއްޔާއި، ޖީއެސްޓީ އަދި ވާކް ޕާމިޓް ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމުންނެވެ. އޭޕްރީލް މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.7 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 185 މިލިއަން ރުފިޔާ ލިބިފައިވާއިރު، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 178 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ކޮންމެ ދާއިރާއަކުން 152 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ހިސާބުތަކުން ދައްކައެވެ. މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 121 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ނުލިބިހުރި ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރެއިން މީރާއިން ވަނީ ޖުމްލަ 543 މިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން ހޯދި 372 މިލިއަން ރުފިޔާ އާއި، ޑިއުސް ކްލިއަރެންސް މެދުވެރިކޮށް ހޯދި 96 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި އިންސްޓޯލްމަންޓް އެއްބަސްވުންތަކުން 64 މިލިއަން ރުފިޔާ، ފޯނު ކޯލުތައް މެދުވެރިކޮށް 5 މިލިއަން ރުފިޔާ، އަދި އެކްޝަން ޕޮލިސީގެ ދަށުން 4 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: