ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިން ބަންދު ކުރުމާއި ދެކޮޅަށް އިހުތިޖާޖު ފަށައިފި؛ ދޫކޮށްލަންދެން ކުރިއަށް ގެންދާނެ!

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިތުރު ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަދަދު ނޫހުގެ 2 ނޫސްވެރިއެއް ބަންދުކުރުމާއި ގުޅިގެން ”ނޫސްވެރިންގެ ދިފާއުގައި“ އެމްޑީޕީން އިހުތިޖާޖުތައް ފަށައިފިއެވެ.

މި އިހުތިޖާޖު ތަކަކީ ކްރިމިނަލް ކޯޓުން ނެރުނު ގޭގް އޯޑަރަކާއި ހިލާފުވެ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ބަންދުކޮށްފައިވާތީ ކުރިއަށް ގެންދާ އިހުތިޖާޖު ތަކެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މި އިހުތިޖާޖުތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނާއިއެކު ޕާޓީގެ ވަގުތީ ޗެއާ އަބްދުލްޢަފޫރު މޫސާއާއި އަދި ކުރީގެ ވަޒީރުންނާއި އާއްމު މެމްބަރުން ވަނީ ރޭގެ އިހުތިޖާޖުގައި ބައިވެރިވެފައެވެ.

މި އިހުތިޖާޖުތަކުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި މީގެއއިތުރަށް ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށާއި ވަކި ގޮތަކަށް މައްސަލައެއް ކުރިއަށް ގެންދިއުމަށް ބާރު އަޅާ ކަމަށް ބުނެވެސް ތުހުމަތުތައް ވަނީ ކޮށްފައެވެ.

ނޫސްވެރިން ޖަލަށްލާ ބަންދުކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަތުން ކަމަށް އިހުތިޖާޖުގެ ބައިވެރިން ވަނީ ބުނެފައެވެ.

ދެ ނޫސްވެރިން ޖަލަށް ލާފައިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި ’އަދަދު‘ ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ. މި މައްސަލާގައި މިއަދު އެ ދެ ނޫސްވެރިން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: