ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފި

ފޮޓޯ : ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ވަގުތުތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއާއި ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ޚާއްޞަ ގޮތެއްގައި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެފައި ވިއްސާރަކުރާނެއެވެ. މިގޮތުން މިރޭގެ 21:30 އިން ދަންވަރު 03:30 އަށް މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިހާރު ވަނީ ހުދު ސަމާލު ނެރެފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށްޓަކައި، ކަނޑު ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި، އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމުގެ އިތުރުން ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ރަނގަޅަށް ހުރިތޯ ޗެކްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް މުދާ ބަރު ނުކުރުމަށާއި، މުދާ ބަރުކުރުމުގައި ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ. އަދި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށާއި، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސްގެ ޚިދުމަތް ދޭ ފަރާތްތަކުން މޫސުމަށް ބަލައިގެން ކަންކަން ރޭވުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ރީދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށްވެސް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްވަމުންދާތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: