ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހަރުގެ ޖަލްސާއެއް މިރޭ ”ޕީއެންސީ ހައުސް“ ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ޕީއެންސީ ޖަލްސާ ހަރުގޭގައި ބެއްވުމަށް ހަމަޖެހިފައި ވަނީ މިރޭގެ 20:30 ގައެވެ. އެންމެ ފަހުން ޕީއެންސީގެ ޖަލްސާއެއް ބާއްވާފައި އޭޕްރިލްމަހު އިންތިހާބުގެ ކެމްޕެއިން ހަރަކާތައް ހާއްސަކޮށްގެންނެވެ.
ޕީއެންސީގެ ހަރުގެ ހުޅުވި ފަހުން، ސިލްސިލާކޮށް ބައެއް ޖަލްސާތައް ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި ބައެއް ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަ އެވެ. މިރޭގެ ޖަލްސާގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ޕީއެންސީގެ ޖަލްސާގައި ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ މެމްބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ވާހަކަފުޅު ދަައްކަވައެވެ.
މިރޭގެ މި ޖަލްސާގައި ސަރުކާރުގެ މަސައްކަތްތަކާއި، ސިޔާސަތުތައް ތަންފީޒު ކުރުމާއި އަދި ރައްޔިތުންގެ މަޖިލީހާއި ގުޅޭ މަސައްކަތްތަކާއި ގުޅޭ ވާޙަކަ ދައްކާނެ ކަމަށް ބެލެވެއެވެ. މީގެއިތުރުން ސަރުކާރުގެ ސިޔާސަތުތަކާއި ގުޅުވައި އަމާޒު ކުރާ ފާޑުކިއުންތަކާއި އަދި މިވަގުތު ސިޔާސީ މަސްރަހުގައި އެންމެ ހޫނުކޯށް ދެކެވޭ ވާހަތަކާ ގުޅުވައި ރައްދުތަކެއް ދޭނެ ކަމަށް ބެލެވެ.

