ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމް މަގާމުން ވަކިކުރަނީ ފިތުނަވެރިކަން އުފައްދާ، ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަސައްކަތް ކުރާތީ: ޕީއެންސީ ޕީޖީ

ނާޒިމް މަގާމުން ވަކުރަނީ ފިތުނަވެރިކަން އުފައްދާ، ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަސައްކަތް ކުރާތީ: ޕީއެންސީ ޕީޖީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރަން ނިންމީ ފިތުނަވެރިކަން އުފައްދާ ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަސައްކަތް ކުރާތީ ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފިއެވެ.

މަޖިލީހުގެ ނައިބުރައީސް ކަމުގެ މަގާމުން ނާޒިމް ވަކިކުރުމަށް އޭނާގެ މައްޗަށް ޕީއެންސީގެ އިތުބާރު ނެތް ކަމަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

ނާޒިމްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ގަރާރެއް މިއަދު ހުށައަޅާފައިވާއިރު، ޕީއެންސީގެ ޕީޖީ ލީޑަރުން މަޝްވަރާ ކުރުމަށް އިންނަ ވަޓްސްއެޕް ގްރޫޕުންވެސް އޭނާ ވަނީ ބޭރުކޮށްލާފައެވެ.

މަޖިލީހަށް ހުށަހެޅި ގަރާރުގައި ޕީއެންސީގެ ޕީޖީ މެމްބަރުން ވަނީ ސޮއިކޮށްފައެވެ. އެ ގަރާރުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް އާއި ނައިބުރައީސްގެ މައްޗަށް ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުން މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ހަމަހަމަ އަދި އިންސާފުވެރި ނިޒާމެއް ގާއިމްކޮށް އެކަން ފަހިކުރުން ހިމެނޭ ކަމަށެވެ.

މީގެއިތުރަށް، ގާނޫނުއަސާސީގައި ބުނާ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ސަރުކާރު ހިންގުން ކަށަވަރު ކުރުމަށް ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށް ފާރަވެރިވާން ޖެހޭކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަވާބުދާރީ ކުރުވުމުގެ ޒިންމާވެސް މަޖިލީހަށް މަތިކޮށްފައިވާ ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ޕީއެންސީގެ ގަރާރުގައި ބުނެފައިވަނީ ނައިބުރައީސް ނާޒިމް އެ ޒިންމާ އަދާކުރުމުގައި މަގާމުގެ ނުފޫޒުން ނާޖާއިޒް ފައިދާ ނަގައިގެން ފިތުނަ އުފައްދާ ކަމަށެވެ. އަދި ވަކި ކޮޅަކަށް ބުރަވެ ތަކުރާރުކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަޖިލީހުގެ ހުރިހާ މަސައްކަތެއްގައިވެސް ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ހިއްވަރުދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މި ގަރާރު ހުށައެޅި މައިގަނޑު ސަބަބެއްގެ ގޮތުގައި ޕީޖީ ގްރޫޕުން ބުނެފައިވަނީ، މަޖިލީހުގެ ހުރިހާ މެމްބަރުންގެވެސް ހައްގުތަކާއި އިމްތިޔާޒުތައް ހަމަހަމަކަމާއިއެކު ހިމާޔަތްކޮށްދިނުމުގައި ނާޒިމް އިހުމާލުވެފައިވާކަން ސާފުކޮށް އެނގެން އޮތުމެވެ. މީގެ ސަބަބުން ނާޒިމް ވަނީ މަޖިލީހުގެ ނައިބުރައީސްގެ ޒިންމާއިން ބަރީއަވެފައި ކަމަށްވެސް ޕީއެންސީގެ ޕީޖީން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: