ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާ ކުރެވޭ ސަރަހައްދުތަކުން ބޭރުގައި އެއްވުންތައް ބާއްވާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން ކުރި މުޒާހަރާ ކޮންޓްރޯލްކުރަން ފުލުހުން މަސައްކަތްކުރަނީ: - ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ވަކި ހާއްސަ ސަރަހައްދުތައް ފިޔަވައި، އެހެން ތަންތަނުގައި އާންމުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޒާހަރާކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ”އަދަދު“ ގެ ދެ ނޫސްވެރިއަކަށް ޖަލު ހުކުމް ކުރުމާއި ގުޅިގެން މާލޭގައި އަނެއްކާވެސް ސިލްސިލާ މުޒާހަރާތައް ވަނީ ފެށިފައެވެ. އަދި މި ދެ ރޭގެ މުޒާހަރާ ހޫނުވެ ބަޔަކު ހައްޔަރުކުރިއިރު ފުލުހުންނާއި އާންމުގެ ބަަޔަކަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައި ވެއެވެ.

މުޒާހަރާތަކުގެ މައްސަލައިގައި ފުލިުހުން އާންމު ކުރި ބަޔާނުގައި ބުނީ، ގާނޫނީ އިމުގެ ތެރެއިން ބާއްވާ ކޮންމެ އެއްވުމަކަށް އެ މުވައްސަސާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި މިފަދަ ހައްގުތައް ކަށަވަރުކޮށްދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބަޔާނުގައި ބުނެފައި ވަނީ މިހާރު ކުރިއަށްދާ އެއްވުންތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި، ދަތުރުފަތުރުގެ ނިޒާމަށު އަދި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. އަދި ގާނޫނުއަސާސީން ލިބިދޭ އެއްވެ އުޅުމުގެ ހައްގުގެ ބޭނުންހިފާއިރު، އެހެން މީހުންގެ މިނިވަންކަމަށާއި ހައްގުތަކަށް އިހުތިރާމްކުރުމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ކުރިން ލިޔުމުން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ގާނޫނުގައި ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކެއްގައިކަމަށް ބަޔާނުގައި ވެއެވެ. އެހެންކަމުން އެ ސަރަހައްދުތަކުން ބޭރުގައި، އާންމު މަސްލަހަތު ގެއްލޭ ގޮތަށް ބާއްވާ އެއްވުންތަކަށް އެއްވެސް ފުރުސަތެއް ނުދޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލާނެކަމަށާއި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ. އަދި އާންމު އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެކަމަށް ފުލުހުން ބުންޏެވެ.

މިފަހުން ކުރި މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ތިން މީހަކަށް ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: