ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ޙައްޖުވެރީންގެ ފުރަތަމަ ގްރޫޕް ފުރައިފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ހައްޖުގެ އަޅުކަމަށްދާ ދިވެހި ހައްޖުވެރީންގެ ފުރަތަމަ ގްރޫޕް އިއްޔެ ފުރައިފިއެވެ.

ފުރަތަމަ ފްލައިޓްގައި ސައުދީއަށް ފުރުމަށް ހަމަޖެހިފައިވާ ޙައްޖާޖީން ފުރާފައިވަނީ އިއްޔެ މާލެ ގަޑިން 15:25 ގައެވެ. މި ގްރޫޕުގައި ހިމެނޭ 235 ޙައްޖުވެރިން ސައުދީގެ ޤައުމީ އެއާލައިނުގައި ފުރާފައިވާއިރު މި ފްލައިޓް ޖިއްދާއަށް ގައްސާފައިވަނީ ރޭ ރާއްޖޭގެ ގަޑިން 20:34ގައެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ރާއްޖެއިން ޙައްޖަށްދާ މީހުންގެ 50 އިންސައްތަ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިން ގައެވެ. އަދި ބާކީ 50 އިންސައްތަ ޙައްޖާޖީން އުފުލުމަށް ހަމަޖެހިފައިވަނީ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގައެވެ.

ފުރަތަމަ ފްލައިޓުން 235 ޙައްޖުވެރިން ސައުދީއަށް ގޮސްފައިވާއިރު، ދެވަނަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ 17 މޭ ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 19:10 ގައެވެ. އަދި ތިންވަނަ ފްލައިޓް ފުރާނީ 18 މޭ ވާ ހޯމަ ދުވަހުގެ ހަވީރު 15:25 ގައެވެ. އަދި އެންމެ ފަހު ފްލައިޓް ފުރުމަށް ތާވަލުކޮށްފައިވަނީ 19 މޭ ވާ އަންގާރަ ދުވަހުގެ ރޭ 21:45 ގައެވެ.

މީގެ ތެރެއިން ސައުދީ އެއާލައިންގެ ދަތުރުތައް ކުރާނީ މެއި 15 އަދި 18 ވަނަ ދުވަހުއެވެ. އަދި މެއި 17 އަދި 19 ވަނަ ދުވަހުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ފްލައިޓްތަކުގައެވެ.

މިއަހަރުގެ ޙައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން ސައުދީގެ ”މައްކާ ރޫޓު އިނިޝިއޭޓިވް“ ގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށް ސައުދީގެ 18 ބޭފުޅުންގެ ވަފުދެއް މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނީ ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ޙައްޖު މިޝަންގެ ފަރާތުން މިހާރު އަންނަނީ ޙައްޖާޖީން މައްކާއަށް ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ޙާޖީން ތިބުމަށް ހަމަޖެހިފައިވާ ހޮޓާތައް ބަލައި، އިންތިޒާމުތައް ފުރިހަމަކުރުމުގެ މަސައްކަތް އެ މިޝަނުން ވަނީ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: