ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާން މައްސަލައިގައި ސޯލިހު ހެއްދެވީ ދޮގެއް، ތުހުމަތު ކުރެވޭ މީހުން ދޫކޮށްލީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު: އުޝާމް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލީ މި ސަރުކާރުންކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅު ބަންޑާރަނައިބު އަހުމަދު އުޝާމް ދޮގުކުރައްވައިފިއެވެ.

ނޫސްވެރިކަމުގެ ހައްގުގައި ރައީސް އަބްދުﷲ ޔާމީނާއި، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ސޯލިހު މަޝްވަރާ ބައްދަލުވުމެއް ރޭ ވަނީ ކުރިޔަށް ގެންދަވާފަ އެވެ. އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވި މި ބައްދަލުވުމަށް ފަހު، ނޫސްވެރިންނަށް ސުވާލު ކުރުމަށް ފުރުސަތު ހުޅުވާލައިގެން ޕްރެސް ކޮންފަރެންސެއް ކުރިޔަށް ގެންގޮސްފައި ވެއެވެ.

އެއްބަސްވުމަށްފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ރައީސުންނަށް ވެސް އެންމެ ބޮޑަށް އަމާޒުވީ އެބޭފުޅެއްގެ ސަރުކާރުގައި ހިނގާފައި ހުރި ކަންކަމާއި އަމާޒުކޮށްފައިވާ ތުހުމަތުތަކަށެވެ.

އެގޮތުން ރައީސް ސޯލިހުގެ ދައުރުގެ އެންމެ ފަހުކޮޅު އެމްއެމްޕީއާރުސީ ހިޔާނާތުގެ އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މާފުދީ މިނިވަން ކުރުމާއި، ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި ހާދިސާ އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލައަށް އިންސާފު ލިބިފައި ނުވާ މައްސަލައިގައި ސުވާލުކޮށްފައި ވެއެވެ.

ޖަވާބުގައި ރައީސް ސޯލިހު ވިދާޅުވީ، ރިޟްވާންގެ މައްސަލައިގައި ތަހުގީގު ނިމި ތުހުމަތުކުރެވޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އެ މީހުން ދޫކޮށްލާފައި ވަނީ މި ސަރުކާރުން ކަމަށެވެ. މި ވާހަކަތަކަށް ރައްދު ދެއްވައި އުޝާމް ވިދާޅުވީ، އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު އިތުރުފުޅެއް ކަމަށެވެ.

އުޝާމް ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި މީހުން ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ރައީސް ސޯލިހެވެ.

މީގެ އިތުރުން ރޭގެ ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ވަނީ މިފަދަ މައްސަލަތަކުގައި އިންސާފު ގާއިމުނުވުމުގެ ޒިންމާ ނަގަން ޖެހޭނީ އެމަނިކުފާނު ނޫންކަމަށާއި އެއީ މުވައްސަސާތަކުގެ ޒިންމާއެއްކަމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މަސައްކަތް ލަސްވާނަމަ އެ މުއައްސަސާ ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށާއި، އެކަން އެގޮތަށް ނުކުރުވުމުން ފެއިލްވީ މަޖިލީސް ކަމަށެވެ.

ނޫސްވެރިންގެ ފަރާތުން އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދެ ރައީސުން ވެސް ވަނީ، ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަތަކުގައި އެ ބޭފުޅުންގެ ސަރުކާރުތަކުން ކުރި މަސައްކަތްތައް ދިފާއުކުރައްވާފައެވެ. ނަމަވެސް މި މައްސަލަތަކުގައި މިހާތަނަށް އާއިލާތަކަށް އެދެވޭ އިންސާފެއް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: