ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންގެ އަދަދު ކެޕްކޮށް، ކޮމްޕޮޒިޝަން ބަދަލު ކުރަން ޖެހޭ: ފައްޔާޒު

ފައްޔާޒު އިސްމާއިލް ފުވައްމުލައް ސިޓީގައި ބޭއްވި ބޮޑު ބަދަލް ޖަލްސާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު، ދައުރަކަށް ފަހު ދައުރެއް އިތުރުވަމުން އަންނަ މައްސަލަ ހައްލުކޮށް ތަމްސީލު ކުރާ ރައްޔިތުންގެ އަދަދު 10،000 އަށް ބަދަލު ކުރަން ޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ”ބޮޑު ބަދަލު“ ޖަލްސާގައި ވާހަކަދައްކަވަމުން، ފައްޔާޒް ވަނީ ރާއްޖޭގެ ބަރުލަމާނީ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ.

ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލިސް މިހާރު އެކުލެވިފައިވާ ގޮތުން ރައްޔިތުންގެ ބަސް އެންމެ ފުރިހަމައަށް ތަމްސީލެއް ނުކުރެވެއެވެ.

ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބާރުތަކެއް ދީފައިވީ ނަމަވެސް، މަޖިލީހުގެ މަސައްކަތްތައް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާކަމަށް ވިދާޅުވެ ފައްޔާޒް ވަނީ މަޖިލީހުގެ ހިންގުންތެރިކަމަށް ފާޑުވިދާޅުވެފައެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި، މަޖިލީހުގެ ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު ވެސް، ރައްޔިތުންނަށް މަންފާކުރަނިވި މާނަހުރި މަސައްކަތްތަކެއް ނުކުރެވި ދާ ފަހަރު އާދެއެވެ. އަދި މަޖިލީހުގެ ތަޅުމުގައި ވާހަކަ ނުދައްކަވާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މެންބަރުން ތިއްބެވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ މިއީ މަޖިލީހުގެ އޮނިގަނޑުގައި ހުރި ނިޒާމީ މައްސަލަތަކެއް ކަމަށާއި، އެހެންކަމުން މަޖިލީހަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އިންތިހާބުތަކާއި މެންބަރުން ރައްޔިތުން ތަމްސީލުކުރާ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައްޔާޒް ތުހުމަތުކުރެއްވި ގޮތުގައި، މިހާރު އޮތް ނިޒާމުގެ ސަބަބުން ސިޔާސީ ނުފޫޒާއި ފައިސާ ގުޅި، ކޮރަޕްޝަނަށް މަގުފަހިވެއެވެ.

ގާތްގަނޑަކަށް 5,000 ވޯޓުލާ މީހުންނަށް މެންބަރަކު ހުންނަ ދާއިރާތަކުގައި، ފައިސާގެ ނުފޫޒުން ވޯޓަށް އަސަރު ފޯރުވުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، ރައްޔިތުންގެ ހިދުމަތުގައި ތިއްބަވާ މެންބަރުންނަކީ ކޮރަޕްޝަނާއި މާލީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވާންޖެހެއެވެ.

”ބޮޑު ބަދަލު“ ހަރަކާތުގެ މަގްސަދަކީ އިންތިހާބީ އޮނިގަނޑަށް ބަދަލުތަކެއް ގެނައުންކަން ފާހަގަކުރައްވައި، ފައްޔާޒް ވަނީ ބައެއް ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި، ކޮންމެ 10,000 ރައްޔިތަކަށް މެންބަރަކު ކަނޑައެޅުމާއި، އެންމެ ގިނަ ވޯޓު ހޯދާ ތިން ކެންޑިޑޭޓުންނަށް މަޖިލީހުން ފުރުސަތު ލިބޭނެ ނިޒާމެއް ތައާރަފްކުރުން ހިމެނެއެވެ.

ފައްޔާޒް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކޮށް، ރައްޔިތުންގެ ތަމްސީލުކުރުން ހަރުދަނާކުރުމަށާއި، ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އާލާކުރުމަށްޓަކައި ސިޔާސީ އިސްލާހުތަކަކީ މިއަދު ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: