ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންގެ ދެވަނަ ފްލައިޓް ފުރައިފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީންގެ ދެވަނަ ފްލައިޓް ފުރައިފިއެވެ.

ދެވަނަ ގްރޫޕްގެ ޙައްޖުވެރިން ގޮވައިގެން ފުރާފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓްގައެވެ. މިގޮތުން ދެވަނަ ފްލައިޓްގައި ޖުމްލަ 260 ޙައްޖާޖީއިން ސައުދީއަށް ފުރާފައިވެއެެވެ. ފްލައިޓު ރާއްޖެ ގަޑިން 07:10 ގައި ފުރާފައިވާއިރު ޖިއްދާއަށް ދެވޭނެކަމަށް ބެލެވެނީ ރާއްޖެ ގަޑިން މެންދުރު 12 ޖާހާއިރެވެ.

މި އަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. އެގޮތުން ދެވަނަ ފްލައިޓް މިހާރު ފުރާފައިވާއިރު ތިންވަނަ ފްލައިޓް މޭ 18 ވާ ހޯމަ ދުވަހުގެ ހަވީރު 15:25 ގައި ފުރުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ފަހު ފްލައިޓް ފުރާނީ މޭ 19 ވާ އަންގާރަ ދުވަހުގެ ރޭ 21:45 ގައެވެ. މި ދަތުރުތަކުގެ ތެރެއިން މޭ 15 އަދި 18 ގައި ދަތުރުކުރާނީ ސައުދީ އެއާލައިނުންނެވެ. އަދި މޭ 17 އަދި 19 ގައި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ފްލައިޓްތަކުގައެވެ.

މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރި ފުރަތަމަ ގްރޫޕުގައި ހިމެނޭ 238 ޙައްޖުވެރިންވަނީ މިދިޔަ ހުކުރު ދުވަހު ރާއްޖެއިން ފުރާފައެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޙައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުގެ ޓާމިނަލުން އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރުއާއި ދިވެހި ޙައްޖު މިޝަންގެ އިސްވެރިންނެވެ. މީގެ އިތުރުން މައްކާ ރޫޓުގެ ފަރާތުންނާއި، މުޠައްވިފް ރަވާފް މިނާ އަދި ޙައްޖުވެރިން ތިބޭ ހޮޓެލުގެ ފަރާތުން ވެސް ވަނީ ވަރަށް ފުރިހަމަ މަރުޙަބާއެއް ދަންނަވާފައެވެ.

ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ފުރަތަމަ ފްލައިޓުގައި ދިޔަ ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅެވެ.

ޙައްޖުވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ސައުދީ ސަރުކާރުގެ ”މައްކާ ރޫޓު އިނިޝިއޭޓިވް“ ގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކަށް ސައުދީގެ 18 ބޭފުޅުންގެ ވަފުދެއް މިމަހު ރާއްޖެވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ. މިއީ ޙައްޖުވެރިންނަށް އިމިގްރޭޝަންގެ ކަންކަމާއި އެހެނިހެން އިންތިޒާމުތައް ލުއިފަސޭހަކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއިން ޙައްޖަށް ދިއުމަށް ސައުދީ ސަރުކާރުން ރަސްމީކޮށް ދޫކުރަނީ 1,000 ޖާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: