ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައި އެލެކްޝަންތަކަށް ސަރުކާރުން ބޮޑެތި ހަރަދު ކުރާނެ؛ ރައްޔިތުން ސަމާލު ވާތި: ސޯދިގް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ މެމްބަރު ޢަބްދުﷲ ޞާދިޤު (ސޯބެ)
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ބައި-އިލެކްޝަންތަކާ ދިމާކޮށް ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރަމުންދާ ކަމަށާ ރައްޔިތުން ސަމާލުވުމަށް ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤު (ސޯބެ) ގޮވާލައްވައިފިއެވެ.

ސޯބެ މިހެން ވިދާޅުވީ އޭނާގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސޯބެގެ ކެމްޕެއިން ޖަލްސާގައި އެމްޑީޕީގެ ލީޑަރޝިޕް އެކުގައި ބައިވެރިވެވަޑައިގެންފައިވާތީ އެކަމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، ޕާޓީގެ ދެ ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދެ ރައީސުންގެ މި އެއްބައިވަންތަކަމަކީ ރާއްޖޭގެ ކުރިމަގަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކޯޓު އަމުރުތަކާއި އެކި ފިއްތުންތަކުގެ ސަބަބުން ހަނިވެފައިވާ ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން، މިވަގުތު ބަންދުގައި ތިބި ނޫސްވެރިންނާއި މުޒާހަރާތަކުގެ ބައިވެރިން ވަގުތުން ދޫކޮށްލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް ފާޑުވިދާޅުވަމުން ސޯބެ ވިދާޅުވީ، ވެމްކޯ ފަދަ ކުންފުނިތަކުގައި އަމަލީ ގޮތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވުރެ ބޮޑު މުސާރަ ލިބޭ މެނޭޖަރުން މިހާރު ގިނަވެފައިވާ ކަމަށެވެ. މީގެ އިތުރުން، ހިތަދޫ ނޭޗަރ ޕާކުގެ ބައުންޑްރީ އެއްވެސް މަޝްވަރާކުރުމެއް ނެތި ހަނިކުރުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިންތިހާބުގެ ވާދަވެރިކަމާ ގުޅޭގޮތުން ސޯބެ ވިދާޅުވީ، ވާދަވެރި ޕީއެންސީގެ ތެރޭގައި އޮތް ހަމަނުޖެހުންތަކުގެ ސަބަބުން އެ ޕާޓީގެ ކެންޑިޑޭޓުގެ އަތުން ޓިކެޓް ޖަހައިގަނެފައިވާ ކަމަށާއި، އޭގެ ސަބަބުން އިންތިހާބުގެ ވާދަވެރިކަން ކޮންމެވެސް ވަރަކަށް ގެއްލިފައިވާ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ނުފޫޒު އަދިވެސް އިންތިހާބަށް އޮތްކަން ފާހަގަކޮށް، ވޯޓުލުމުގައި ރައްޔިތުން ހޭލުންތެރިވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: