ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކުރަން ފަށައިފި

ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޖެނުއަރީމަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.

މިއަހަރުގެ އިމްތިހާނު ފެށީ، ޖެނުއަރީމަހުގެ 28ވަނަ ދުވަހު އެސްއެސްސީ އިމްތިހާނާއެކުގައެވެ. މިއަދު މެންދުރު 12:00 ފެށިގެން ނަތީޖާ ދޫކުރަމުންދަނީ އިމްތިޙާނު ހެދި ސެންޓަރުތަކުންނެވެ.

ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ. އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރުންގެ ނަތީޖާ ދޫކުރަމުން ދާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒާމް(ޑީޕީއީ)ގެ ކައުންޓަރުންނެވެ.

އިމްތިހާނުގެ ނަތީޖާއާ ޙަވާލުވުމަށް އެހެން މީހަކު ފޮނުވާނަމަ ދަރިވަރުގެ އައިޑީކާޑާއި ޙަވާލުވާ މީހާގެ އައިޑީކާޑު ގެންދަން ޖެހޭނެކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން، ޑީޕީއީއިން މައުލޫމާތުދެއެވެ.

މިއަހަރުގެ އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 8،218 ދަރިވަރުން ބައިވެރިވެފައިވެއެވެ. މިފަހަރުގެ އިމްތިހާނު 267 ސެންޓަރެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ. އޯލެވެލް އިމްތިހާނު މާލޭގައި ކުރިއަށް ގެންގޮސްފައިވަނީ، 21 ސެންޓަރެއްގައެވެ. އަދި އަތޮޅުތަކުގެ 246 ސެންޓަރެއްގައި އިމްތިހާނު ކުރިއަށް ގެންގޮސްފައިވެއެވެ.

ސަރުކާރުން މިދިޔަ އަހަރު ވަނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ ގޮތަށް ބަދަލުކޮށް، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ވެސް ނިންމައިފައެވެ. އެއީ ދިވެއްސާއި އިސްލާމާއި އިނގިރޭސި އަދި ހިސާބު މާއްދާއެވެ.

އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނުގައި ދިވެހި ދަރިވަރުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. އިމްތިހާނުގެ ގަދަ 10 ގައި ހިމެނޭ ކުދިންގެ އަދަދު އިތުރު ވަމުން އަންނައިރު ދުނިޔޭގެ ފެންވަރުގެ ވަނަތައް ވެސް ހޯދައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: