ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް ނާޒިމަށް 10 މިނެޓު!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމްގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގައި ޖަވާބުދާރީވުމަށް އޭނާއަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.

އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިގޮތަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދެވެ. މި ހުށަހެޅުމަށް ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ތާއިދު ކުރެއްވިއިރު، ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ މިގޮތަށް ފާސްކޮށްފައެވެ. ޢަބްދުއްސައްތާރުގެ ހުށަހެޅުމަށް ފަސް މެންބަރަކު ތާއީދުކުރެއްވިއިރު، ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ އެއް މެންބަރަކު އިންނެވިއެވެ.

ކޮމިޓީން ނިންމި ގޮތުގައި، ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސް ފެށުމުގެ ކުރިން ޖަވާބުދާރީވެވަޑައިގަތުމަށް 10 މިނެޓު ލިބިވަޑައިގަންނަވާނެއެވެ. އަދި ބަހުސްގެ މަރުހަލާގައި ކޮންމެ މެންބަރަކަށް ތިން މިނެޓުގެ ވަގުތެއް ދޭ ގޮތަށް، ޖުމްލަ ބަހުސަށް 50 މިނެޓު ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މި މައްސަލައިގެ މުޅި އިޖުރާއަތަށް ހޭދަވާނީ އެއް ގަޑިއިރެވެ.

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި ނިންމުމާ ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރުން މަޝްވަރާ ކުރެއްވުމަށް ބޭނުންކުރާ ވަޓްސްއެޕް ގްރޫޕުންވެސް އޭނާ ވަނީ ބޭރުކޮށްލާފައެވެ.

މަޖިލީހަށް ހުށަހެޅި ގަރާރުގައި ޕީއެންސީގެ ޕީޖީ މެމްބަރުން ތުހުމަތުކޮށްފައިވާ ގޮތުގައި، ނައިބުރައީސް ނާޒިމް ވަނީ މަގާމުގެ ނުފޫޒުން ނާޖާއިޒް ފައިދާ ނަގައިގެން ފިތުނަ އުފައްދާފައެވެ. އަދި ވަކި ކޮޅަކަށް ބުރަވެ ތަކުރާރުކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަޖިލީހުގެ ހުރިހާ މަސައްކަތެއްގައިވެސް ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ހިއްވަރުދީފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުން މަތިކޮށްފައިވާ ހަމަހަމަ އަދި އިންސާފުވެރި ނިޒާމެއް ގާއިމްކުރުމުގެ ޒިންމާ އަދާކުރުމުގައި ނާޒިމް އިހުމާލުވެފައިވާ ކަމަށް ޕީއެންސީގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: