ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުޢިއްޒުގެ ކިބައިގައި ގައުމު ހިންގުމުގެ ގާބިލުކަން ނެތް، މިއަހަރު ނިމުމުގެ ކުރިން ވެރިކަމުން ދުރުކުރާނަން: ރައީސް ނަޝީދު

ރައީސް ނަޝީދު ފުވައްމުލައް ސިޓީގައި ބޭއްވި ބޮޑު ބަދަލް ޖަލްސާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިގައި ވެރިކަން ކުރުމުގެ ގާބިލްކަން ނެތް ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެމަނިކުފާނު ވެރިކަމުން ދުރުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ”ބޮޑު ބަދަލު“ ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް މިހާރުން މިހާރަށް ސިޔާސީ ބަދަލެއް ބޭނުންވާ ކަމަށާއި، ދައުލަތަށް ލިބޭ އާމްދަނީ އާއި މާލީ ކަންކަން ބަލަހައްޓާ ގޮތް ރައްޔިތުންނަށް ސާފުނުވާ ކަމަށެވެ. އަދި ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އޮތް ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ވެރިކަން ބަދަލުކުރުމުގެ ތަޖުރިބާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ވެރިކަމުގައި ހުންނަވާ ބޭފުޅަކު މަގާމުން ދުރުކުރާނެ ގޮތް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

 ”މި ވާހަކަތަކަކީ ބޮޑާކަމެއް ނޫން. އަޅުގަނޑު އަކްރާ އިން އެނބުރި މިއައީ ހަމައެކަނި މިހާރު ހުންނެވި ވެރިޔާ ބަދަލުކުރުމަށް. ބަދަލެއް ގެނައުމަށް ފަންޑިތަ ހަދާ މީހަކު ހޯދާކަށް ނުޖެހޭނެ، އެ މަސައްކަތުގައި އިސްކޮށް ހުންނާނީ އަޅުގަނޑު،“ ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އަޙްމަދު ނާޒިމް ވަކިކުރީ އޭނާ ސިޔާސީ ފިކުރު ބަދަލުކުރަން އުޅުއްވުމުން ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ. އަދި އެމްޑީޕީގެ ސިޔާސީ މެޝިނަރީ ވަރުގަދަކަން ފާހަގަކުރައްވައި، މި އަހަރު ނިމުމުގެ ކުރިން ދައުލަތުގެ ބާރުތަކާ އިދިކޮޅު ފަރާތްތަކުން ހަވާލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މާލޭގެ ގިނަ ގޭގެއަށް ޒިޔާރަތް ކުރެއްވިކަން ފާހަގަކުރައްވައި ނަޝީދު އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަމުގެ އުންމީދުގައި ތިބި އެތައް އާއިލާއަކުން އަދިވެސް އުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އަދި ރައްޔިތުން އުންމީދު ކުރަނީ މެދުފަންތީގެ ތަނަވަސް ގައުމަކަށް ވުމަށް ނަމަވެސް، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމު އިތުރަށް ނިކަމެތިވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: