ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އެހެން ފަރާތަކަށް ފުރުސަތު ނުދީ ރައީސް ނަޝީދަށް ޗެއާރޕާސަން ކަމުގެ ފުރުސަތު ދޭންވީ ވަގުތު: އަޙުމަދު އަބްދުﷲ

ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަޙުމަދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ އެހެން ފަރާތަކަށް ފުރުސަތު ނުދީ ރައީސް ނަޝީދަށް އެމް.ޑީ.ޕީގެ ޗެއަރޕާސަން ކަމުގެ ފުރުސަތު ދޭންވީ ވަގުތުކަމަށް ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އަޙުމަދު އަބްދުﷲ ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދު އެމް.ޑީ.ޕީގެ ޗެއަރޕާސަންގެ ގޮތުގައި ޚިދުމަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ދަނޑިވަޅެއްގައި، އެހެން ފަރާތަކަށް އެ ފުރުސަތު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިވަގުތު ޕާޓީއަށް ބޭނުންވަނީ އެމް.ޑީ.ޕީގެ އަސާސީ ސިޔާސަތުތައް ނަގަހައްޓާނެ ވަރުގަދަ ސިޔާސީ ލީޑަރެކެވެ.

”ޕާޓީއަށްވެސް އަދި ގައުމަށްވެސް ބޮޑު ބަދަލެއް އަންނަންޖެހޭކަން މިއީ އެންމެން ގަބޫލުކުރާ ހަގީގަތެއް. އެފަދަ ބޮޑު ބަދަލެއް ގެނައުމަށް ބޭނުންވަނީ ތަޖުރިބާހުރި، ހިތްވަރުގަދަ ލީޑަރެއް،“ އަޙުމަދު އަބްދުﷲ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުޅުދުއްފުއްޓާއި، ބޮޑުތިލަދުންމަތި އަދި މުޅި އުތުރުގެ ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ގޮތަކީ ޗެއަރޕާސަން އިންތިޚާބުގައި ރައީސް ނަޝީދަށް ތާއީދުކުރުން ކަމަށެވެ. އަދި މާތް ﷲގެ އިރާދަފުޅާއެކު، ކުރެވޭ މަސައްކަތުން ކުޅުދުއްފުށި ސިޓީން ބޮޑު އަޣުލަބިއްޔަތެއް ރައީސް ނަޝީދު ހޯއްދަވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.

އަޙުމަދު އަބްދުﷲ މިފަދައިން ވިދާޅުވެފައިވަނީ، ރައީސް ނަޝީދު ޗެއަރޕާސަންކަމަށް ކުރިމަތި ނުލައްވާ، ތިން ރައީސުންގެ މަސައްކަތްޕުޅުތަކުގައި ޤައުމު ހަމަ މަގަށް އެޅުއްވުމަށް އެކަނި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ރައީސް ޞާލިޙު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: