ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގއ. ގެމަނަފުށީގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްފި

ފޮޓޯ : ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ގެމަނަފުށީގައި ދެ ބިދޭސީއަކު ދެމެދު ހިނގި މާރާމާރީއެއްގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ދެ ބިދޭސީންގެ ދެމެދުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 23:00 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މާރާމާރީގައި އަނިޔާވި މީހާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގއ. ގެމަނަފުށި ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، ލިބިފައިވާ އަނިޔާތަކަށް އިތުރު ފަރުވާ ބޭނުންވާތީ، އޭނާ މިހާރު ވަނީ ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެނަކު އެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: