ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް އާ ނައިބު ރައީސެއް އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ މާދަމާއަށް ފަސްކޮށްފި

ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް އާ ނައިބު ރައީސެއް އިންތިޚާބު ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.

މި ޖަލްސާ ފުރަތަމަ ތާވަލުކޮށްފައިވަނީ މިއަދު މެންދުރު ފަހު 1:00 އަށެވެ.

މަޖިލީހަށް އާ ނައިބު ރައީސަކު އިންތިޚާބު ކުރަން ޖެހުނީ، އެ މަޤާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށެވެ.

ނާޒިމް މަޤާމުން އިސްތިއުފާ ދެއްވިކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވަނީ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިންނެވެ. އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ހުށަހެޅުއްވީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުގައެވެ. ނަމަވެސް، ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި ބަޔާނެއް ނެރުއްވާފައެވެ.

މަޖިލީހުގެ ނައިބު ރައީސް އިސްތިއުފާ ދެއްވިކަން މިއަދުގެ ޖަލްސާގައި ރަސްމީކޮށް އިޢުލާނު ކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ފުރަތަމަ ވިދާޅުވީ މެންދުރު ޖަލްސާއެއް އޮންނާނެ ކަމަށެވެ. އެހެންނަމަވެސް، މަޖިލީހުގެ އިދާރާއިން ފަހުން ވަނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާކަން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: